ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

މެޑަމް އިސްވެ ފެއްޓެވި ކެމްޕޭންގެ ހަރަކާތެއް މާދަމާ ރޭ ކާނިވަލުގައި

ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް އާންމު މީހަކާ ބައްދަލު ކުރައްވާ ހާލު އައްސަވަނީ: މާދަމާ ރޭ ގިނަ އަދަދެއްގެ މީހުންނާ އެކަމަނާ ބައްދަލު ކުރައްވާނެ -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނުގައި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، ފާތުމަތު އިބްރާހިމް އިސްވެ ފައްޓަވާފައިވާ ހަރަކާތްތަކުގެ ހާއްސަ ބައްދަލުވުމެއް މާދަމާ ރޭ ކުރިޔަށް ގެންދަން ހަމަޖައްސައިފި އެވެ. ކެމްޕޭނުގެ މި ހަރަކާތް އޮންނާނީ އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ.

މި ހަރަކާތާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ވިދާޅުވީ މާދަމާ ރޭގެ އެ ހަރަކާތަކީ އަށް އަތޮޅެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެއީ ރ. އަތޮޅާއި މާލެ އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި އަދި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ފުވައްމުލަކު ސިޓީ އެވެ.

އޭނާ ވިދާޅުވީ މާދަމާ ރޭގެ ހަރަކާތުގައި އެ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ފަސްޓް ލޭޑީ، ފާތުމަތު އިބްރާހިމް ބައްދަލު ކުރައްވާ އެ ފަރާތްކާއެކު ވަގުތު ހޭދަ ކުރައްވާ މައުލޫމާތު އޮޅުން ފިލުއްވާނެ ކަމަށެވެ.

އަދި ވިދާޅުވީ އެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި އެ ރަށްތަކުގެ ހާލަތާއި އެ އަތޮޅުތަކުގެ ހާލަތު ބައްލަވާނެ ކަމަށާއި ރައްޔިތުންގެ ދެކެން ބޭނުންވާ ތަސައްވުރުވެސް އެކަމަނާ އޮޅުން ފިލުއްވާނެ ކަމަށެވެ.

"މިއީ ވަރަށް ތަފާތު ހަރަކާތެއް. މެޑަމް ފާތުން [މާދަމާ ރޭ އެ އަތޮޅުތަކުގެ] ރައްޔިތުންގެ ކަންކަން ވަރަށް ގާތުން ބައްލަވާނެ. އެހެން ނަމަވެސް އާންމުކޮށް ހުރިހާ ބޭފުޅުންނަށް ވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ،" މުއާޒް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ ތަފާތު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެެ.

ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ފަސްޓް ލޭޑީ އިސްވެ ވަނީ "ފެށުން" ގެ ނަމުގައި ވެސް ބާއްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

200ލައްކަވޯޓް

ދިވެހިރާއްޖޭގެ ސަރުކާރުގެ ވަޒީފާ އަދާކުރާ ބޮޑުއާބާދީއަކީ އަތޮޅުތަކުގެ ރައްޔިތުން ކަމާމެދު މިއަދު މީހަކު ދެބަހެއްނުވާނެއެވެ. އޭގެތެރެއިން 50 ޕަސެންޓްމީހުން ތިބީ ސިވިލްސަރވަންޓްގެ ގޮތުގައިކަށް ޔަގީންވެއެވެ. މިބައިމީހުގެ ބޮޑުއާބާދީއެއް އޮތީ ގުރޭޓަރމާލޭ ނުވަތަ ކެޕިޓަލް ޓައުންގައެވެ. މެދުފަންތީގެ މުވައްޒަފުންގެ މުސާރަ ހުރީ 65 އަހަރުގެ ދޮށީއުމުރުގެ ބޭފުޅުންނަށް ދެވޭ 5000 ރުފިޔާގެ އެލަވަންސްގެ މިންވަރުގެ މުސާރެއް ލިބެމުންދަނީ މީގެތެރެއިން ސިވިލްސަރވަންޓްގެ ގޮތުގައި މަސައްކަތްކުރާ %80 ޒުވާނުންނަށް ކަމުގައިދެންނެވިދާނެއެވެ. ޑިރެކްޓަރެއްކަމުގައި ވަނީނަމަ އެކިއެކި އެލަވަންސަތަކާއެކު އޯޓީއާއެކު މަދުވެގެން 15 ހާސް ނުވަތަ 25 ހާސް އެބަގެއަށް ގެންދެއެވެ. އިސްވެދެންނެވުނު ޑިރެކްޓަރުންމަތީގެ ބޭފުޅެއްގެ އޯޓީއާއި މިދަންނަވާ އޮފިސަރުންގެ މުސާރަވެސް އުޑާބިމާހާ އެބަތަފާތުވެއެވެ. މިކަމަށް އިންސާފެއްލިބުމަކީ ދިވެހި ސިވިލްސަރވަންޓުންގެ ގޮތުގައި މަސައްކަތްކުރާ %80 ޕަސެންޓުންގެ އުއްމީދެކެވެ. މީކުރެވޭ އުއްމިދަކަށްވުރެ ހަގީގަތަކަށް ބަދަލުކޮށްދެއްވާނެ ވެރިޔަކީ ހަމައެކަނި ރައީސް ޔާމީން ކަމާމެދު މި %80 ޒުވާނުން ސުވާލެއްނުކުރެއެވެ. ﷲވޮޑިގެންވަނީ ކެއްތެރިންނާއެކު ކަމުގައި ބުނެއުޅޭ އަޑުއަހަމުންދާ ދިވެހިސިވިލްސަރވަންޓުން މިއަދުވެސް މިތިބީ މިކަމަށް ރަގަޅު ހަލެއްލިބުމަށް އެދިއެދިއެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345