އެކްސިޑެންޓް

ރެސިން އެޅި ފީފާއެއް ގޮވައި މީހަކު ޒަހަމްވެއްޖެ

Jan 17, 2017
1

ރ. އަތޮޅު ވާދޫގައި ފީފާއެއް ގޮވައި އެ ރަށުގެ މީހަކު ފައިގައި ރެނދުލައި ޒަހަމްވެއްޖެ އެވެ. އެ ރަށު ކައުންސިލުން ބުނީ ފައިބަރު ރެސިން ހުސްކުރި ފީފާއެއް ގޮވުމުގެ ސަބަބުން އެމީހާގެ ކަނާތު ފައިގެ ކަށިގަނޑުގައި ރެނދުލައި ކަށިމަތިޒަހަމްވެފައިވާ ކަމަށެވެ. ޒަހަމްވީ ވާދޫ މަލަސް، އަބްދުލް މުހްސިން އަލީ އެވެ.

މިއަދު ހިނގި އެ ހާދިސާއަށް ފަހު މުހުސިނަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.

ގޮވާފައި ވަނީ ވާދޫ ޓާފް ދަނޑުގެ ފެންސް ވެލްޑިން ކުރަން އަށި އަޅަން ބޭނުން ކުރި ފީފާއެކެވެ. ފީފާ ގޮވި އިރު އަށިވެސް ވިއްސައިގެން ދިޔައެވެ. މިހާދި ބަލައި ތަހުގީގު ކުރަން ވަނީ މިހާރު ފަށާފައެވެ.

މީގެ ކުރިން ތިލަފުށީގައި ވެސް ވަނީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ރެސިން ހުސްކުރި ފީފާއެއް ގޮވައި މީހަކު ވަރަށް ބޮޑަށް ޒަހަމް ވެފައެވެ.