ފުވައްމުލައް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ފުވައްމުލައް ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި އަނިޔާވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 8:15 ހާއިރު އެވެ.

މި އެކްސިޑެންޓް ހިނގީ ފުވައްމުލަކު ބޮޑުފަންނު މަގުގައި ހޮނިހިރު ދުވަހުގެ ރޭ 10:10 ހާއިރު އެވެ.

އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ.

އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.