މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހިގެންނެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ތިން މީހުންނަށެވެ.
އެއީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށާއި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.