ބޭރު ކުޅިވަރު

މޮރިނިއޯއާއެކު ޔުނައިޓަޑް ދަނީ ކުރިއަށް: ފާގަސަން

Jan 25, 2017

ހޯސޭ މޮރީނިއޯއާއެކު މެންޗެސްޓާ ޔުނައިޓަށް ދަނީ ކުރިއެރުން ލިބެމުން ކަމަށް އެ ޓީމުގެ ކުރީގެ ކޯޗް އަދި ފުޓްބޯޅައިގެ ލެޖެންޑް އެލެކްސް ފާގަސަން ބުނެފި އެވެ.

ބީބީސީ އަށް ދިން އިންޓަވިއުގައި ފާގސަން ބުނީ މޮރީނިއޯގެ ނަސީބު ދެރަ ނޫން ނަމަ، ޗެލްސީއާ ވާދަ ކުރަން އޮންނާނީ ޔުނައިޓަޑް ކަމަށެވެ.

ދެހަސް ތޭރަ ވަނަ އަހަރު ކޯޗުކަމުން ރިޓަޔަ ކުރި ނަމަވެސް، ޔުނައިޓަޑާއެކު ރަނގަޅު ގުޅުމެއް ބާއްވަމުން އަންނަ ފާގަސަން ބުނީ، މޮރީނިއޯގެ ބާރުގެ ދަށަށް މުޅި ޓީމު ގެނެސްފައިވާ ކަަމަށެވެ.

"ޓީމުން ދަނީ ވަރަށް ރަނަގަޅަށް ކުޅެމުން، ނަމަވެސް މޮރީނިއޯ ވަރަށް ބަދު ނަސީބު، 1-1 އެއްވަރުވެގެން ހަ މެޗު ނިމިއްޖެ، އިދިކޮޅު ޓީމު ކޮޅަށް ވަރުގަދަ އަށް ހަމަލާތައް ވެސް އުފައްދާ،" ފާގަސަން ބުންޏެވެ. "އެވަރަށް އެއްވަރު ނުވިނަމަ، ޗެލްސީއާ ވާދަ ކުރަން އޮންނާނީ ޔުނައިޓެޑް [އެކަން ނުވުމަކީ] އޭގެ ބަދުނަސީބު ފަރާތް، ނަމަވެސް މޮރީނިއޯ އެކަމުން އަރައިގަންނާނެ."

ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓަޑް ނިކުންނާނީ، ލީގް ކަޕްގެ ސެމީ ފައިނަލު ދެ ވަނަ ލެގް މެޗުގައި ހަލް ސިޓީއާ ދެކޮޅަ ށެވެ. އެ މެޗުން، ބަލި ނުވެއްޖެނަމަ، ޖެހެޖެހިގެން ބަލިނުވެ 17 މެޗް ފުރިހަމަ ކުރެވުނީ އެވެ. އެ 17 މެޗްގެ ތެރޭގައި ޖެހިޖެހިގެން މޮޅުވި ނުވަ މެޗް ވެސް ހިމެނެއެވެ. ޖެހިޖެހިގެން މޮޅުވި ނުވަ މެޗައެކު މޮރީނިއޯ ވެފައިވަނީ ފަގަސަން އަށް ފަހު އެ ޓީމުގައި ޖެހިގެން މިހަވަރަށް މޮޅުވި ފުރަތަމަ ކޯޗެވެ.

"އެކަމުގައި އަހަންނާ ހޯސޭ މޮރީނިއޯ އާ ކުޑަކޮށް ތަފާތު އެބަހުރި، އަހަރެން ބޭނުންވީ ޓީމެއް އުފައްދަން، އަހަރެން ބޭނުވީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން،"

"ސީޒަންގެ ފުރަތަމަ ކޮޅު ޓީމުގެ ފަރަތުން އެދެވޭ ކުލުމެއް ނުފެނޭ، ހައްލު ހޯދަން ޖެހޭ ގިނަ ކަންކަމެއް ހުރި އަހަންނަށް ހީވަނީ އޭނާ ދަނީ އެކަންކަމަށް ހައްލު ހޯދަމުން ހެން،" ފަގަސަން ބުންނޭވެ.

މިސީޒަންގައި ދެފަހަރަށް މޮރީނީއޯ ބެންޗުން ފޮނުވާލިއެވެ. ނަމަވެސް ފާގަސަން ބުނީ މިހާރު މޮރީނިއޯ އެކަން ހަމަޔަކަށް އަޅުވައި ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އެންމެ ފަހުން ސްޓްރޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވޭން ރޫނީ ލަނޑު ޖެހުމުން މޮރީނިއޯގެ ފަރާތުން ފެނުނު ކަންކަމަށް އިޝާރާތް ކޮށް ފާގަސަން ބުނީ މޮރީނިއޯގެ ފަރާތުން ފެނިގެން ދިޔައީ ރަނގަޅު ރޫހެއް ކަމަށެވެ.

"ރޫނީ ލަނޑު ޖެހުމުން ސެލެބަރޭޓް ކުރާކަށް ނުހަދާ ދުވެފައި ގޮސް މެދު ރޮންގާ ހަމަޔަށް ގޮސް އިޝާރަތް ކުރީ ބޯޅަ އާ ދިމާލަށް ބުނަނީ އަދި އަހަރެމެންނަން މި މެޗު އަތުލެވިދާނެ، އެއީ މޮރީނިއޯ އުފެއްދި ރޫހަކީ."

ޔުނައިޓަޑްގައި ބޮބީ ޗަލްތަން ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑް، ރުނީ މުގުރާލުމުން ފާގަސަން ބުނީ އެއީ ރޫނީގެ އެކްސެލެންސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.