ވިޔަފާރި

ދިރާގުން 50 ޕަސެންޓް ޑޭޓާ ހިލޭ ދެނީ!

Jan 26, 2017

ނަގާ ކޮންމެ ޕަވާ ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މިއީ ޕްރޮމޯޝަން ވަނީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފަ އެވެ. ދިރާގުން ބުނި ގޮތުގައި ދިރާގުގެ ކޮންމެ ޓޭޑާ ޕްލޭނެއް އެކްޓިވޭޓް ކުރުމާ އެކު 50 ޕަސެންޓްގެ ޑޭޓާ މުޅިން ހިލޭ އޮޓަމެޓިކުން ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ޕަވަ 500 އެމްބީގެ ޕެކޭޖުން، 750 އެމްބީ، ޕަވަ 2 ޖީބީގެ ޕެކޭޖުން 3 ޖީބީ، ޕަވަ 3 ޖީބީގެ ޕެކޭޖުން 4.5 ޖީބީ، ޕަވަ 5 ޖީބީގެ ޕެކޭޖުން 7.5 ޖީބީ، ޕަވަ 8 ޖީބީގެ ޕެކޭޖުން 12 ޖީބީ އަދި ޕަވަ 15 ޖީބީގެ ޕެކޭޖުން 22.5 ޖީބީ ލިބޭނެ އެވެ.

ދިރާގުން ބުނީ، އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ. ދިރާގުގެ 3ޖީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފުޅާކުރުމަށް ދިރާގުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.