ސްޕެއިންގެ ރަފޭލް ނަދާލްގެ މައްޗަށް ކާމިޔާބު ހޯދައި އޮސްޓްރޭލިއަން އޯޕަން ފިރިހެނުންގެ ޗެމްޕިއަން ސްވިޒަލޭންޑްގެ ރޮޖާ ފެޑްރާ ކާމިޔާބު ކޮށްފި އެވެ.
މިއީ، ފެޑްރާ، ކާމިޔާބު ކުރި 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ވެސް މެއެވެ.
މެޗްގެ، ސެޓް ތައް، ފެޑްރާ، ކާމިޔާބު ކުރީ، 6-4 3-6 6-1 3-6 އަދި 6-3 ންނެވެ.
ފެޑްރާ، އެންމެ ފަހުން އޮސްޓްރޭލިއަން އޯޕަން މުބާރާތެއް ކާމިޔާބު ކުރީ 2010 ވަނަ އަހަރު އެވެ. އަދި އޭނާ އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާޓެއް ކާމިޔާބު ކުރީ 2012 ވަނަ އަހަރު އެވެ. އެއީ އެ އަހަރުގެ ވިމްބަލްޑަން މުބާރާތެވެ.
އުމުރުން 35 އަހަރުގައި އޮސްޓްރޭލިއަން ކާމިޔާބު ކުރުމުން ފެޑްރާ ވެފައިވަނީ، އެ މުބާރާތް ކާމިޔާބު ކުރީ ދެ ވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
އެ މުބާރާތް، ކާމިޔާބު ކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަކީ، 1972 ވަނަ އަހަރު، އެ މުބާރާތް ކާމިޔާބު ކުރި، ކެން ރޫޒްވެލް އެވެ. އޭނާ އެ އަހަރު އެ މުބާރާތް ކާމިޔާބު ކުރިއިރު އުމުރުން 37 އަހަރެވެ.
އިއްޔެ ކުޅުނު އަންހެން ފައިނަލް މެޗް ސެރީނާ ވިލިއަމް ކާމިޔާބު ކުރީ އޭނާގެ ދައްތަ ވީނަސް ވިލިއަމް ބަލި ކުރުމަށް ފަހު އެވެ.