ކުޅިވަރު

އެފްކޯން: ހާދަރީ އާއި އޮންޑްއާ، ދެ ޖީލުގެ ކުރިމަތި ލުމެއް

Feb 5, 2017

އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތް އެފްރިކަން ކަޕް އޮފް ނޭޝަން ގައި އެންމެ ވަރުގަދަ ދެ ޓީމަކީ، މިސްރާއި ކެމެރޫން އެވެ.. މުބާރާތުގެ ފައިނަލުގައި މިރޭ މި ދެ ޓީމު ވާދަ ކުރާނެ އެވެ. ކޮންމެ ޓީމެއްގެ އަމާޒަކީ ވެސް، މުބާރާތުގެ ތާރީހްގައި މިހާރު ދެ ޓީމު އޮތް ދަރަޖަ އިތުރު ހަރުފަތަކަށް ގެންދިއު މެވެ.

ވޯލްޑް ކަޕްގައި، ކޮލިފައިން ކުޅެގެން މުބާރާތުގެ ޖާގަ ކަށަވަރު ކުރާ ގޮތަށް ބަދަލު ކުރިފަހުން، މިސްރަށް ވޯލްޑް ކަޕުން ޖާގަ ލިބިފައި ނެތް ނަމަވެސް، އެފްރިކާ ބައްރުގެ ފުޓްބޮޅަ މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ މިސްރެވެ. އެ ޓީމުން ވަނީ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ތިން ފަހަރު، އެ މުބާރާތް ކާމިޔާބު ކުރުމުގެ ހަމަ އެކަނި ޝަރަފު ވެސް އޮތީ މިސްރު އަތުގަ އެވެ. ބައްރު ތަކުގެ ފުޓްބޯޅަ މުބާރާތް ތަކުގެ ތެރެއިން، ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ތައް ކާމިޔާބު ކުރެވުނީ ހަތަރު ޓީމަށެވެ. އެއީ މިސްރުގެ އިތުރުން އުތުރު އެމެރިކާގެ މުބާރާތް ކާމިޔާބު ކުރި މެކްސިކޯ އާއި ދެކުނު އެމެރިކާގެ މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާ އަދި އޭޝިއަން ކަޕު ކާމިޔަބު ކުރީ އިރާން އެވެ.

ޖެހިގެން ތިން ފަހަރަށް މުބާރާތް ކާމިޔާބު ކުރި ފަހުން މިސްރު މުބާރަތަށް ކޮލިފައިވި މިއީ ފުރަތަމަ ފަހަރެވެ. މިސްރުގެ ފަހަތުން ދެ ވަނަ އިގައި އުޅޭ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ ކެމެރޫން އެވެ. އެ ޓީމުން ވަނީ މުބާރާތް ހަތަރު ފަހަރަށް ކާމިޔާބު ކޮށްފަ އެވެ.

ރޭއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައި ކުޅޭ ފައިނަލް މެޗަކީ، މި ދެ ޓީމު ބައްދަލު ކުރާ ފުރަތަމަ ފައިނަލެއް ނޫނެވެ. މީގެ ކުރިން މި މުބާރާތުގައި ދެ ފަހަރެއްގެ މަތިން މިސްރުން ވަނީ ކެމެރޫން އާ ދެކޮޅަށް ފައިނަލު ކުޅެފަ އެވެ. އެ ދެ ފަހަރުވެސް ކެމެރޫންގެ މައްޗަށް ކާމިޔާބު ހޯދީ މިސްރެވެ. ކެމެރޫން ނިކުންނަނީ ތިން ވަނަ ފަހަރަށް ފައިނަލުގައި މިސްރު އަތުން ބަލި ނުވުމުގެ އުންމީދު ގައެވެ.

މިސްރާއި ކެމެރޫންގެ ފައިނަލުގެ ވާދަވެރިކަން ބޮޑުވި ނަމަވެސް، ދުނިޔޭގެ މީޑިއާތަކުގައި ނަން ހިނގާލާފައި ވަނީ މި ދެ ޓީމުގެ ޖުމުލަ ވާހަކަ އެއް ނޫނެވެ. މުޅި މީޑިއާގައި އޮތީ ދެ ޓީމުގެ ގޯލްކީޕަރުންގެ ވާހަކަ އެވެ. މިދެކީޕަރުންނަކި އުމުރުގެ ގޮތުން ތާފަތު ބޮޑު ދެ ކީޕަރުން ނެވެ. ފުޓްބޯޅައިގައި ޓާމިނޮލަޖީ އިންނަމަ ދެ ޖެނަރޭޝަންގެ ކީޕަރުން ނެވެ.

އީސަމް އަލް ހާދަރީ

އުމުރުން 44 އަހަރުގެ އީސަމް އަލް ހާދަރީ މިސްރުގެ ގައުމީ ޓީމާ އެކު މުބާރާތަށް އައީ އެ ޓީމުގެ އެއް ވަނަ ކީޕަރުގެ ގޮތުގަ އެއް ނޫނެވެ. ފުރަތަމަ މެޗުގައި މާލީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އެއް ވަނަ ކީޕަރުގެ ގޮތުގައި ފުރުސަތު ދިން އަހްމަދު އަލް ޝެނަވީ އަށް އަނިޔާވުމުން، ހާދަރީ މެޗަށް ނިކުތީ ބަދަލު ކީޕަރުގެ ގޮތުގަ އެވެ. ނަމަވެސް އެ މެޗުން ފެށިގެން އަލުން އޭނާ އެއް ވަނަ ކީޕަރުގެ މަގާމަށް ބަދަލު ކުރި އެވެ.

އުމުރުން 44 ވުމުން، އޭނާގެ ހަރަކާތްތައް ލަސް ވާނެ ކަމަށް ބެލެވުނު ނަމަވެސް، ހާދަރީ ވަނީ އޭނާގެ ޑިސިޕްލިން އާއި ޕްރޮފިޝަނަލިޒަމް ބޭނުން ކޮށްގެން އޭނާ ފެންވަރު ފަނޑުވިޔަ ނޫދީ ހިފަހައްޓާފަ އެވެ. އޭނާގެ ފެންވަރާއި ހުނަރު ދެގޮތެއް ނުވެ ހުރިކަން ސާބިތު ކޮށްދިނީ ސެމީ ފައިނަލުގައި ބްރީކީނޯ ފާސާއޯ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން މިސްރު ފައިނަލަށް ދަތުރު ކުރީ. ބުރުކީނޯ ގެ ދެ ޕެނަލްޓީ އޭނާ ދިފާއު ކުރުމުން ނެވެ.

އީސަމް އަލް ހާދަރީ އަކީ، އޭނާގެ ޕާސަނަލް ޑިސިޕްލިން އަށާއި، ޕްރޮފިޝަނަލް ކެރިއާ އަށް ހާއްސަ ސަމާލު ކަމެއް ދޭ ކުޅުން ތެރިޔެކެވެ. އެހެންވެ މިސްރުގެ ޓީމުގައި ހުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށް ވުމުން، ޒުވާން ކުޅުންތެރިންނަށް ހާދަރީ އަކީ ނަމޫނާ އަކަށް ބަލަން މުހިންމު ކުޅުންތެރިޔެކެވެ.

ފެބްރީސް އޮންޑްއޯ

ކެމެރޫންގެ ޓީމަށް ވުރެ، އޮންޑްއާ އަށް އޮތް މަގުބޫލުކްނަ، މި މުބާރާތުގައި ބޮޑު ވެއްޖެ އެވެ. ކެމެރޫންގެ ގައުމީ ޓީމާއެކު، މުބާރާތަށް އައިނަމަވެސް، ސީނިއާ ކެރިއާގައި، އޮންޑްއޯ މިހާތަނަށް އެއްވެސް، ކުލަބަކަށް ކުޅެފަ އެއް ނުވެއެވެ.

އޮންޑްއާ މުބާރާތަށް ގެނައީ، ސީނިއާ ލެވަލްގައި ތަޖުރިބާ ކާރު ކީޕަރުން ކެމެރޫންގެ ގައުމީ ޓީމާ އެކު މުބާރާތަށް އަންނަން ބޭނުން ނުވުމުން ނެވެ ނަމަވެސް ފައިނަލާ ހަމަޔަށް، ކެމެރޫން ކުރި ދަތުރުގައި، ސީނިއާ ކީޕަރުންނަށް ވުރެ، އޮންޑްއާގެ ހުޝިޔާރު ކަން ކުޑަ އެއް ނޫނެވެ. ސެނަގޯލްއާ ދެކޮޅަށް ކުޅުނު ކްއާޓާ ފައިނަލު މެޗުގައި، ސެނަގޯލް މުބާރާތުން ކެޓީ، އެ ޓީމުގެ ލިވަޕޫލްގެ ފޯވަޑް ސެޑިއޯ މާނޭގެ ޕެނަލްޓީ އޮންޑްއޯ ހުއްޓުވުމުން ނެވެ.

އޮންޑްއޯ އާ އަޅާބަލާއިރު، ހާދަރީ ގެ ތާފަތު ހުރީ އުމުރާއި ތަޖުރިބާގެ ގޮތުން އެކަންޏެއް ނޫނެވެ. ހާދަރީ ޕްރޮފިޝަނަލް ކެރިއާ ފެށިއިރު، އޮންޑްއޯ ދުނިޔެ އަށް އުފަން ވެސް ނުވެއެވެ. ހާދަރީގެ އެންމެ ދޮށީ ދަރިފުޅާ އޮންޑްއޯ ގާތްގަނޑަކަށް އެއް އުމުރެކެވެ.

ނަމަވެސް ތަޖުރިބާ އާއި އުމުރުގެ ގޮތުން ތަފާތު ހުއްޓަސް، އޮންޑްއޯ ހުރީ ހާދަރީ އާއި މިސްރުގެ ޓީމަށް ދޫ ދޭކަށް ނޫނެވެ. އޭނާ ހުރީ އޭނާ ގޯލްގައި ހުރެގެން ފައިނަލުގައި ތިން ވަނަ ފަހަރަށް މިސްރު އަތުން ބަލި ނުވުމުގެ އުންމީދު ގައެވެ.