ކުޅިވަރު

އިބްރޮހިމަވިޗަށް ރެކޯޑެއް!

Feb 6, 2017

ލެސްޓާ ސިޓީގެ މައްޗަށް 3-0 ން މެންޗެސްޓާ ޔުނައިޓަޑް ކަމިޔާބު ހޯދި މެޗުގައި، ކާމިޔަބު ކުރި ލަނޑާއެކު، ޕްރިމިއާ ލީގް ތާރީހްގައި 15 ލަނޑު ހަމަ ކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް މެންޗެސްޓާ ޔުނައިޓާޑްގެ ފޯވަޑް ޒަލްޓާން އިބްރޮހިމްވިޗް ގާއިމު ކޮށްފި އެވެ.

ފްރާންސްގެ ޕީއެސްޖީ އިން ހިލޭ ޓްރާންސްފާ އެއްގައި، އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން މެން ޔޫ އާ ގުޅުނު އިބްރޮހިމްވިޗްގެ އުމުރަކީ، 35 އަހަރާއި 125 ދުވަހެވެ.

އޭނަ 15 ލަނޑު ހަމަ ކުރީ 24 މެޗުގަ އެވެ. ފަނަރަ ލަނޑާއެކު، އިބްރޮހިމަވިޗް އޮތީ ޕްރިމިއާ ލީގް ލަނޑު ލިސްޓްގެ ދެ ވަނައިގަ އެވެ.

ޕިއެސްޖީގެ އިތުރުން އިޓަމިލާން އާއި ބާސެލޯނާ އަށް ވެސް ކުޅުނު އިބްރޮހިމްވިޗް ވަނީ ލީގްގައި މިދިޔަ ހަ ސީޒަންގައިވެސް 15 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މީހާތަނަށް އޭނާގެ ކެރިއާގައި ލީގްގައި 15 ލަނޑު ނުޖެހުނީ އެންމެ ސީޒަނެއްގައެވެ. އެއީ ބާސާ ގައި ހުރުމަށްފަހު، 2010/2011 ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާން ގައެވެ. އެ ސީޒަންގައި ލީގް ގައި އޭނާ އަށް ކާމިޔާބު ކުރެވުނީ 14 ލަނޑެވެ.

ހުރިހާ މުބާރާތް ތަކުގައި ކާމިޔާބު ކުރި ލަނޑާއެކު، އިބްރޮހިމްވިޗް ވަނީ މިހާތަނަށް ޔުނައިޓަޑަށް 20 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި މިއީ 20 ލަނޑު އޭނާ ކާމިޔާބު ކުރި ޖެހިޖެހިގެން 10 ސީޒަން ގައެވެ.

ފުރަތަމަ ސީޒަންގައި ރޮބިންވެންޕާސީ ޖެހި 20 ލަނޑުގެ ފަހުން، މީގެ ކުރިން އިތުރު ކުޅުންތެރިޔަކަށް ފުރަތަމަ ސީޒަންގައި، 20 ލަނޑު ހަމަ ކުރެވިފަ އެއް ނުވެއެވެ. ނަމަވެސް ޒަލްޓާން ވަނީ އެ ޝަރަފުވެސް ހާސިލު ކޮށްފަ އެވެ.

މެން ޔޫގެ އަނެއް ދެ ލަނޑު ޖެހީ، ހެންރިކް މިހިތާރިޔަން އާއި ހުއާން މާޓާ އެވެ.

ރޭ ސްވަންސީ ސިޓީ އާ ދެކޮޅަށް ކުޅުނު މޗް ކާމިޔާބު ކޮށް މެންޗެސްޓާ ސިޓީ ވަނީ ތާވަލުގެ ތިން ވަނަ އަށް ޖެހިލާފަ އެވެ.