ކުޅިވަރު

ނިއުގެ ރިހެބިލިޓޭޓް ޕާޓްނަރަކަށް ކުރީގެ ކުޅުންތެރިޔާ ފިއްޓޭ

Feb 7, 2017
2

ނިއުރޭޑިއަންޓްގެ ސްޕޯޓްސް ކުލަބުގެ ރިހެބިލިޓޭޓް ޕާޓްނަރަކަށް، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ފިޓްނަސް އިންސްޓްރަކްޓަރު މުހައްމަދު ފަޔާޒް (ފިއްޓޭ) ހަމަޖައްސައިފި އެވެ.

ކުޅުން ހުއްޓާލުމަށްފަހު، ފިއްޓޭ ވަނީ، ފިޓްނަސް އާއި ނިއުޓްރިޝަންގެ ދާއިރާއިން ތައުލީމު ހާސިލު ކޮށްފަ އެވެ. އޭނާ ވަނީ، ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން އެތުލީޓުންގް ފިޒިކަލް ފިޓްނަސް ޕްރޮގްރާމްތަކުގައި، ފިޓްނަސްއާބެހޭ ޝެޝަންތަކުގައި ކިޔަވައި ދީފަ އެވެ.

ނިއުގެ "ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާޓްނަރުގެ" މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން ވެސް، ފިއްޓޭ ވަނީ މިއަހަރު ނިއުގެ ބައެއް މަސައްކަތްތައް ކޮށްފަ އެވެ.

އެގޮތުން، ކުރިއަށް އޮތް ސީޒަނަށް ނިއުއަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ފިޓްނަސް ޓެސްޓްތައް، ކުރިއަށް ގެންގޮސްފައިވަނީ ފިއްޓޭގެ ބެލުމުގެ ދަށުން ނެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، ނިއުގެ ކުޅުންތެރިން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިއްޓޭގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ ފިއްޓޭ އަކީ ނިއުގެ މިމަސައްކަތައް އެކަށީގެންވާ ބޭފުޅެއް ކަމަށާއި ކުލަބު ލޯބީގައި ކުލަބަށް ހިދުމަތް ކުރުމުގެ އަޒުމުގެ ފިއްޓޭގެ އެބަހުރި ކަމަށެވެ.