ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށަނީ

މި މަހުގެ 26 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް މާލޭގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލައި، މިރޭ ފަރިތަކުރުންތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މެޗަށް ގައުމީ ޓީމުގެ ކޯޗު ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް ނެގި 24 ކުޅުންތެރިންގެ ސްކޮޑުގައި އެންމެ ގިނައި މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. މާޒިޔާ 10 ކުޅުންތެރިން ސްކޮޑުގައި ހިމެނޭއިރު، ދިވެހި ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓްގެ ހަތް ކުޅުންތެރިންނާއި ކްލަބް އީގަލްސްގެ ފަސް ކުޅުންތެރިން އަދި މިޔަންމާގެ ކޭބީޒެޑް އަށް ކުޅެމުންދާ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ގައުމީ ޓީމުގ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ބަކާ އާއި ދަގަނޑޭ ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ.

ގަލޮޅު ރަސްމީ ދަަނޑުގައި މިރޭ 1930ގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާއިރު، ވީހަ ވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް ގައުމީ ޓީމުގެ ކޯޗު ޕޮޕޯފް ވަނީ އެދިފަ އެވެ.

"އުންމީދުކުރަނީ ގިނަ އަދަދެއްގެ ބަޔަކު ފަރިތަކުރުންތައް ފަށާއިރު ދަނޑަށް ވަންނާނެ ކަމަށް. ކުޅުންތެރިންނަށް ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިންމު،" ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޕޮޕޯފް ބުނެފައިވެ އެވެ.

ތަޖިކިސްތާން މެޗަށް ނެގި ގައުމީ ސްކޮޑް:

އަމްދާން އަލީ (އެންޑީ) - މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން

އަސަދުالله ޢަބްދުالله މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން

ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) - މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން