ކުޅިވަރު

އާސެނަލު ދޫކޮށްލަން ވެންގާ ތައްޔާރެއް ނޫން

Feb 12, 2017

އާސެނަލު ގައި އޭނާގެ ކުރިމަގާ ބެހޭގޮތުން، އެއްވެސް ތަނެއްގައި އޭނާ ވާހަކަ ނުދައްކާ ކަމަށާއި އާސެނަލް ދޫކޮށްލަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އެއްވެސް މީހަކަށް އޭނާ ނުދޭ ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

އާސެނަލުގެ ކުރީގެ ކުޅުންތެރިންޔާ އިއަން ރައިޓް، މިދިޔަ ހުކުރު ދުވަހުގެ ރޭ ބީބީސި ރޭޑިއޯ ފަހެއް ގައި ވާހަކަ ދައްމަުން ބުނެފައި ވަނީ، ބުރާސްފަތި ދުވަހުގެ ރޭ ވެންގާއާ އެކު އޭނާ ރޭގަނޑުގެ ކެއުމަކަށް ދިޔަ ކަމަށާއި، އާސެނަލުގެ ކޯޗް ކަން ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ.

ރައިޓް ބުނީ، ކޯޗުކަން ހުއްޓާލާ ވާހަކަ އެއް ސީދާ ވެންގާ ނުބުނާ ކަމަށާއި، ނަމަވެސް އޭނާ ދެއްކި ވާހަކަ ތަކުން ކޯޗުކަން ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއް ދިން ކަމަށެވެ. އަދި އޭނާ ހުރީ އެ މަސައްކަތުގައި ވަރުބަލި ވެފައި ކަން ވާހަކަ ތަކުން އެނގޭ ކަމަށް ރައިޓް ބުނެފައިވެ އެވެ.

ރޭ ހަލް ސިޓީ އަތުން 2-0 މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ، އޭނާ ބައްދަލު ކުރީ ރައިޓާ އެކަނި ނޫން ކަމަށާއި ފަސް މީހުން ތިބި ކަމަށެވެ.

"އަހަރެން ވަރުބަލި ވެދާނެ ދޯ އެހާ ހެނދުނާ ހޭލައިގެން މަސައްކަތް ފަށައި ރޭގަނޑުގެ ވަރަށް ފަހު ވަގުތަކާ ހަމަޔަށް އަހަރެން މަސައްކަތް ކުރާތީ، ތެދެއް އަހަރެން ހުރީ ވަރުބަލި ވެފައި، ނަމަވެސް އާސެނަލުގައި އަހަރެންގެ ކުރިމަގާ ބެހޭގޮތުން އަހަރެން އެއްވެސް އިޝާރާތެއް ނުކުރަން،"

"އޭނާ އަހަންނާ ބެހޭގޮތުން އެ ބުނީ ރަނގަޅު ވާހަކަ ތަކެއް ނޫން، ފަހަރެއްގައި ކަލޭމެން ބޭނުންވެދާނެ ރިޓަޔާ ކުރުމަށްފަހު އަހަރެން އަރާމު ކުރަން ވަގުތު ހޭދަ ކުރަން، އަހަރެން ވަރަށް ބޮޑަށް އެކަން ބަލައިގަންނަން ނަމަވެސް އަހަރެން މިހުރީ ރިޓަޔާ ކުރަން ތައްޔާރަކަށް ނޫން." ވެންގޭ ބުންޏެވެ.

ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ފަރާތުން ވެންގާ އަށް އޮތް ފާޑު ކިޔުން ކުޑަ އެއް ނޫނެވެ. އާނާ އާ އެކު އާސެނަލުގައި މަސައްކަތް ކުރި ބައެއް ކުޅުންތެރިން ވަނީ، އާސެނަލުގެ ކޯޗްގެ މަގާމު މިހާރު ބަދަލު ވާން ޖެހޭ ކަމަށް ބުނެފަ އެވެ.

ވެންގާގެ ކޯޗު ކަމުގެ ދަށުން، ކުޅުނު އާސެނަލުގެ ކުރީގެ ކުޅުންތެރިޔާ އެލަން ސްމިތު ބުނެފައި ވަނީ، ބަދަލަކަށް އެދޭ އެތައް ސަޕޯޓަރުން ނެއް އާސެނަލުގައި އެބަތިބި ކަމަށާއި، މިވަގުތަކީ އާސެނަލުގެ ކޯޗުގެ މަގާމު ބަދަލު ކުރަން ޖެހޭ ވަގުތު ކަމަށެވެ.

"މިހާރު މިއީ އާސެނަލްގެ ކޯޗް ބަދަލު ކުރަން ޖެހޭ ވަގުތު، އެއް އަޑެއް 20 އަހަރު ވެންދެން މާބޮޑަށް ވެސް ގިނަ ދުވަސް ވެއްޖެ." އެލަން ސްމިތު ބުންޏެވެ.

ވެންގާގެ ކޯޗު ކަމުގެ ދަށުން 2004 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގް އާސެނަލް ހޯދި ފަހުން އެޓީމަށް ލީގް ކާމިޔާބު ކުރެވިފަ އެއް ނުވެއެވެ.