ލައިފްސްޓައިލް

މަޖާ މީހުންނާ ޑޭޓު ކުރާއިރު މިކަން ހަނދާން ބަހައްޓާތި

Feb 14, 2017
7

ފިރިހެނުންގެ ކިބައިގައި ހުންނަ އަންހެނުން އެންމެ ހިތް ދަމައިގަންނަ ސިފައަކީ މިއީ އެވެ. ފިރިހެން މީހާގެ ރީތި ސިފަ އާއި އަހުލާގަށްވުރެވެސް ބޮޑަށް ޒުވާން އަންހެން ކުދިން ޖާދޫގައި ޖައްސަން ފިިރިހެނުން ގެންގުޅޭ އެއް ސްޓައިލަކީ މިއީ އެވެ. އަންހެން ކުއްޖަކު ސެޓު ކުރަން އުޅޭނަމަ ތިމާއަކީ ނިކަން ސަކަރާތްބޮޑު މަޖާ މީހަކަށްވާން ޖެހެ އެވެ. ބައެއް މީހުންނަކީ މިޒާޖުގައިވެސް ސަކަރާތް ބޮޑު މަޖާ މީހުންނެވެ.

ކިތަންމެ ހިތް އެދުނު ނަމަވެސް މިކަހަލަ މީހަކާއި ރައްޓެހިވެގެން އުޅުން ނުވަތަ ޑޭޓު ކުުރުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. މާބޮޑަށް ސަކަރާތް ބޮޑުވާނެ އެވެ. އަބަދުވެސް ހެވިފައި ހުރެ އަދި ކޮންމެ ވަގުތެއްގައިވެސް ތިބާ ހެއްވާލުމުގެ ހުނަރު މި މީހުންގެ ގައިގައި ހުންނަ އިރު އެމީހުންނާ ޑޭޓު ކުރާއިރު މިކަންކަމަށް ވިސްނަން ޖެހޭނެ އެެވެ.

ގިނަ މީހުންނަށް ހީވަނީ މާ ސަކަރާތް ބޮޑުކޮށް މަޖާކުރަން އުޅެން މީހުންނަކީ ދިރިއުޅުމުގައި އެއްވެސް ކަމަކަށް ސީރިއަސް ނުވާނެ ބައެއް ހެންނެވެ. އެމީހުންގެ މަގުސަދަކީ ދުނިޔޭގެ ހަޔާތް ސަކަރާތާއި މަޖަލުގައި ހޭދަކުރުން ކަމެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމީހުންވެސް ސީރިއަސް ވާނެ ކަމެވެ. ދިރިއުޅުމުގެ މުހިންމު ވަގުތު ތަކުގައި އަދި މުހިންމު ކަންކަމުގައި އެމީހުން ގޮތް ނިންމާނީ ސީރިއަސް ވިސްނުމަކުން ގޮތް ނިންމާފަން ގަބޫކުުރަން ޖެހެ އެވެ. އެމީހުންގެވެސް އިހުސާސްތަކެއް ހުންނަކަން ގަބޫލުކުރަން ޖެހެ އެވެ. ދެރަވެސް ވާނެ އެވެ. ހިތުގައި ޖެހި ރޯންވެސް ރޯނެ އެވެ. އުފާވެއްޖެނަމަވެސް ވަރަށް ފޯރި ދައްކާލާފަ އުޅޭނެ އެވެ. އެންމެނަށްވެސް ވީހާވެސް ރަނގަޅަށް ކަންތައް ކުރަން އަބަދުވެސް ބޭނުންވާނެ އެވެ. އެއީ ވަރަށް "ކައިންޑް ހާޓެޑް" ބައެކެވެ.

އެކަމަކު މި މީހުންނަކީ މަޖާ ބައެކޭ ބުނާކަށް އެމީހުން އެއްގޮތަކަށްވެސް ބޭނުމެއް ނުވާނެ އެވެ. އެކަމަކު ކޮންމެ ގަޑިއަކުވެސް ޖޯކެއް ކިޔާފާނެ އެވެ. ކިތަންމެ މުހިންމު ވާހަކައެއް ބުންޏަސް ހީފާނެ އެވެ. ސީރިއަސްވެގެން މީހަކު ކިތަންމެ އެއްޗެއް ކިޔަސް ހިނިގަނޑަކުން އެކަން ނިންމާލާފާނެ އެވެ. އެކަމަކު އެމީހުންގެ ހިތަށްވެސް އަސަރުކުރާނެ އެވެ. މިކަހަލަ މީހުން އެންމެ އުފާވާނީ އެމީހުން ބުނާ އެއްޗަކުން ނުވަތަ ކޮށްލާ ކަމަކުން އެހެން މީހުންގެ މޫނަށް ހިނިތުންވުމެއް ވެރިކުރުވުނީމަ އެވެ.

އެހެންވީމަ މަޖާ ނުވަތަ ސަކަރާތް ބޮޑު މީހުންނާ ޑޭޓް ކުރުމުގެ ކުރިން މިކަންކަމަށް ވިސްނައްޗެވެ. އެއީ ފަސޭ ކަމެއް ނޫނެވެ. ހަޔާތުގެ ދަތުރު ފަށާފައި އެމީހުން އެކަނި ދޫކޮށްލައިފިނަމަ އެހިތްތަކަށްވެސް އަސަރުކުރާނެ އެވެ. އެކަމަކު އެކަން ނުދައްކާ ހުރެދާނެ އެވެ.