ކުޅިވަރު

ޓްރާންސްފާ ވިންޑޯ ބެދުނަސް ބާސާ އިން އާ ޑިފެންޑަރެއް ގެންނަނީ

މިދިޔަ ހޮނިހިރު ދުވަހު ޑިޕޯޓީވޯ އަލްވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސީޒަންގެ ބާކީ އޮތްބައިގައި ނުކުޅެވޭނެ ކަން ޔަގީން ވެފައިވާ ކަނާތު ބެކް އެލެކްސް ވިޑާލްގެ ބަދަލުގައި އާ ޑިފެންޑަރެއް ގެނައުމަށް ބާސާއިން މަސައްކަތް ފަށައިފި އެވެ.

އޭނާ އަށް އަނިޔާވީ، އަލްވޭސްގެ ތިއޯ ހެނާންޑޭޒް އާ، ދެ ކުޅުންތެރިން އެއްފަހަރާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ތިއޯ އާއި ކްލޭޝް ވެގެން ނެވެ. ކަނާތު ފައިގެ ކުޑަހުޅަށް، ލިބުނު އަނިޔާގެ ސަބަބުން، ފަސް މަސް ދުވަހަށް ވިޑާލް ކުޅުމުގައި ދުރުގައި ހުންނަން ޖެހޭނެ ކަން ވަނީ ކަށަވަރު ވެފަ އެވެ.

ލަލީގާގެ ގަވާއިދުތަައް ބުނާ ގޮތުން، ސީޒަންގެ ބޮޑު ބައެއް ކުރިމަތީގައި އޮތްވައި ކުޅުންތެރިޔަކަށް ސީރިއަސް އަނިޔާ އެއް ވެއްޖެނަމަ، ޓްރާންސްފާ ވިންޑޯގެ ބޭރުން އާ ކުޅުންތެރިޔަކު ގެނެވިދާނެ އެވެ. ނަމަވެސް ގެންނަ ކުޅުންތެރިޔަކު ވާން ޖެހޭނީ ސްޕެއިންގެ އެއް ވަނަ ޑިވިޝަނުގައި ކުޅެމުން ނުދާ ނުވަތަ، ކުލަބެއް ގައި ނެތް ކުޅުންތެރިޔަކަށެވެ.

އެ ޓީމުން ދަނީ ވިޑާލްގެ ބަދަލުގައި އާ ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތް ކުރަމުން ނެވެ. ބާސާގެ ކޯޗް، ލުއިސް އެންރިކޭ، ކަނާތު ބެކް އާންމުގޮތެއްގައި ހަވާލު ކުރަނީ ސާޖީ ރޯބޭޓޯ އާއެވެ. ނަމަވެސް، ބާސާއިން ލީގާއި ޗެމްޕިއަންސް ލީގަށް ފޯކަސް ކުރާތީ، އެ މަގާމަށް ދެ ވަނަ ކުޅުންތެރިޔަކުވެސް ހޯދަން ޖެހެއެވެ.

"އެލެކްސް [ވިޑާލް] އަކީ މޮޅު ކުޅުންތެރިޔެއް އަދި އޭނާ (އަށް އަނިޔާވީ) ދުވަހުން ދުވަހަށް އޭނަގެ ފެންވަރު މަތިވަމުން އައި ދަނޑިވަޅެއް ގައި، މިފަދަ ކުޅުންތެރިޔަކު އަހަރުމެންނަށް ގެއްލިގެން ދިޔައީމަ، އޭގެ ބަދަލު ރިޕްލޭސް ކުރާނެ ކުޅުންތެރިޔަކު ގެންނަން ޖެހޭނެ،"

"އަހަރެމެންގެ ސްކޮޑަކީ، އެހާ ބޮޑު ސްކޮޑެއް ނޫން، ކުޅުންތެރިޔަކު ގެނައުމަކީ ވަރަށް ގާތް ކަމެއް، ނަމަވެސް ގެންނަނީ އަހަރެމެންގެ ސްކޮޑަށް އެންމެ އެކަށޭނެ ކުޅުންތެރިޔަކަށް ވާނަމަ،" އެންރިކޭ ބުންޏެވެ.