ބޮލުގެ ހަންގަނޑު މާބޮޑަށް ހިކި ބޯ ހިރުވާތީ ކުރާނެ ރަނގަޅު ފަރުވާއެއް ހޯދަން މިހާރު މުޅި އިންޓަނެޓު ހޭވިއްޖެ އެއް ނޫން ހެއްޔެވެ؟ އަދިވެސް ކަމުދާ އެއްޗެއް ފެންނަވަރެއް ނުވޭ ދޯ އެވެ. މި ކިޔައިދެނީ އެކަމަށް ހައްލެކެވެ. ގަބޫލު ކުރަން އުނދަގޫ ވެދާނެ އެވެ. މިކަމަށް މާބޮޑު ހަރަދެއް ނުދާނެ އެވެ. ބޭނުންވަނީ ހަމައެކަނި ހަކުރު ސަމްސަލެކެވެ.
މި ފަރުވާއެއް ކުރަން ޖެހޭ ގޮތަކީ ޝޭމްޕޫގެ ތެރެއަށް ހަކުރު އެޅުމަށްފަހު ޝޭމްޕޫ އިން ބޯދޮވެ ބޮލުގެ ހަންގަނޑު މަސާޖު ކުރުމެވެ. ވެކްސްލާ ޑާމެޓޮޮލޮޖިސްޓް އަދިި ޑޯވް ހެއާ އެކްސްޕާޓް ފްރޭންސެސާ ފުސްކޯ ވިދާޅުވީ ޝޭމްޕޫ އާއެކު ހަކުރު ބޭނުންކޮށް އަތުގެ އިނގިލިތަކުން ބޯ މަސާޖު ކުުރުމަށްވުރެ ރަނގަޅު ފަރުވާއެއް އެކަމަށް ނެތް ކަމަށެވެ.
"ހަކުރުތައް އެކްސްފޯލިއޭޓްވެ ބޮލުގައިހުރި އެއްކޮށް ބޮލުގެ ތެރެއަށް ގެނބިގެން ދާނެ، ވަކިވަކިން ހަކުރު ފުށްތައް ތަތް ނުލާ މިންވަރަކަށް ހަކުރުތައް ގިރުވާލަންވާނެ" ފުސްކޯ ވިދާޅުވި އެވެ.
މިކަމާއި ބެހޭ ގޮތުން ޑާމެޓޮލޮޖިސްޓް ޖޫލީ ރުސާކް ވިދާޅުވީ ބޮލުގެ ހަނގަނޑު މާބޮޑަށް ޑްރައިވެ "ހެއާ ޕްރޮޑަކްޓް" ތަކާއި ނުގުޅެނި ގިނަ ސަބަބުތަކެއް އޮތުމުން ކަމަށެވެ. ހަކުރު ބޭނުންކޮށްގެން ބޯ ދޮވުމުން އެކްސްފޯލިއޭޓްވެ ބޮލުގެ ހަންގަނޑު ތާޒާ ވެ އެވެ.
"ބޮލުގެ ހަންގަނޑު އެކްސްފޯލިއޭޓް ކުރެވޭނީ ހަމައެކަނި ހަކުރު ބޭނުންކޮށްގެނެއް ނޫން. އެކަމަކު މިއީ އެއްވެސް ގެއްލުމެއް ނެތް އަދި ބޮލުގެ ހަންގަނޑަށް އިތުރު ފަރުވާއަކަށް ވާނެ. އަހަރެން ރިކޮމެންޑް ކުރަން އަހަރެންގެ ބައެއް ޕޭޝަންޓުންނަށް ބޮލުގެ ހަންގަނޑު ހިކި ހިރުވާނަމަ ޕަލްމާރިއާ މޮއިސްޗާ ބެލެންސިން ސްކަލްޕް ޓްރީޓްމަންޓެއް ނަގަން. އެއީވެސް އެކަމަށް ހައްލެއް" ރުސާކް ވިދާޅުވި އެވެ.
ހަކުރު ބޭނުންކޮށްގެން ތައްޔާރުކުރާ މި ސްކްރަބަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ފަރުވާއެއް ނޫނެވެ. ހަފްތާއަކު ދެ ދުވަހު މި ސްކްރަބް ބޭނުންކުރެވިދާނެ އެވެ. ޑަމެޓޮލޮޖިސްޓުން އިތުރަށް ވިދާޅުވީ ޑާމެޓޮލޮޖިސްޓެއްގެ ލަފާގެ ހޯދުމެއްނެތި މި ފަރުވާ ކުރިއަށް ގެންދިއުން ރައްކާތެރި ނޫން ކަމަށެވެ. އެއީ ފަހަރުގައި ބޭނުންކުރެވޭ ޝޭމްޕޫއަކުން ދެރަ ގޮތެއްވެސް މެދުވެރުވެދާނެތީ އެވެ.