އަވަސް ޓްރެންޑްސް

އަވަސް ޓްރެންޑްސް: ފިރިހެނަކަށްވީތީ ރީއްޗަށް ހެދުން ނާޅަންވީ ސަބަބެއް ނެތް

Feb 18, 2017
6

އަންހެނުންނާ ހިލާފަށް ގިނަ ފިރިހެނުންނަކީ ހެދުން އެޅުމުގައި އާންމުކޮށް މާބޮޑު ސަމާލު ކަމެއް މީގެ ކުރިން ދޭ ބައެއް ނޫނެވެ.

ނަމަވެސް ފަހަކަށް އައިސް ގިނަ ޒުވާނުން ފަހުގެ ސްޓައިލްތަކަށް ހެދުން އެޅުމުގެ ވައްޓަފާޅިއަށް ހާއްސަ ސަމާލު ކަމެއް ދެ އެވެ. އަދި އެ މުނާސަބާއަކާ ގުޅޭ ކަހަލަ ހެދުމެއް ލުމަށް ސަމާލުކަން ދޭ ފިރިހެންނުން ވެސް ގިނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ޕާޓީއަކަށް ދާނަމަ ނުވަތަ އާންމުކޮށް މިހެން ބޭރު ތެރެއަށް ނުކުމެ އުޅޭއިރާއި ޗުއްޓީ މޫޑުގައި ތަންތަނަށް ދަތުރު ކުރާއިރު ލައިއުޅޭ ހެދުމަށް ވެސް ފިރިހެނުން ސަމާލުކަން ދެ އެވެ.

ހާއްސަކޮށް ގަމީހާއި ފަޓުލޫނު ގުޅުވުމުގައި ޖިންސް އެކަނި ލައިގެން ފަރުޖައްސާލުމުގެ އުސޫލު ވަނީ ބަދަލުކޮށްލާފަ އެވެ.

ޕާޓީއަކަށް ނުވަތަ ހާއްސަ މުނާސަބަތަކަށްދާނަމަ މިގޮތަށް ވެސް ހެދުން އެޅިދާނެ އެވެ. ކުރުތާ ސްޓައިލްގެ ދިގު ގަމީސްތަކަކީ އާންމުކޮށް މިހާރު ޕާޓީތަކުން ވެސް ފެންނަ ސްޓައިލެކެވެ.

އާންމުކޮށް އުޅޭއިރު، ނުވަތަ ރަށްޓެހިންނާއެކު ބޭރަށް ދާއިރު ލާން މިއީވެސް ރީތި ގޮތެކެވެ.

ގޮޅިޖެހި ގަމީހުގެ ފެޝަނަކީ އަދިވެސް މުސްކުޅިނުވާ ހިތްގައިމު ސްޓައިލެކެވެ. މިއީ އަދިވެސް ވަރަށް ގިނަ ޒުވާން ފިރިހެން ކުދިންގެ ޗޮއިސް އެކެވެ.

މަލަކީ އަންހެން ކުދިންނާއި ބޮޑު ގުޅުމެއް އޮތް އެއްޗެއް ނަމަވެސް، މާޖެހި ގަމީހާއި މާޖެހި ޓީޝާޓުގެ ފެޝަނަކީ ވެސް ފިރިހެން ކުދިންގެ މެދުގައި މިހާރު ވަރަށް މަގުބޫލު ސްޓައިލެކެވެ.

އަތްކުރު ޓީޝާޓުގެ ބަދަލުގައި އަތްދިގު ޓީޝާޓަކީ ވެސް ބައެއް ފިރިހެން ކުދިންނާއި ގުޅޭ ރީތި ސްޓައިލެކެވެ. ހާއްސަކޮށް ހިކިކޮށް ދިގުކޮށް ތިބޭ ޒުވާން ފިރިހެން ކުދިންނާއި ގުޅޭނެ ރީތި ގޮތެކެވެ.

ޗުއްޓީގައި ނުވަތަ ދަތުރު ގޮސް އުޅޭއިރު ހެދުން އަޅަން މިއީ ވެސް ރީތި ގޮތެކެވެ. އެހެން ގޮތަކަށް ބުނާނަމަ ބީޗް ވެއާ އަކަށް މިއީ ވެސް ގުޅުވާލެވިދާނެ ރީތި ގޮތްތަކެކެވެ.

  • ފޮޓޯގްރާފަރު: އަހުމަދު ޝުރާއު / އަވަސް
  • ރީޓަޗިން: ސައްފު / އަވަސް
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • މޮޑެލްސް: އިޝްފާން / ޝަރަފް