ހާއްސަ ރިޕޯޓް

ދަރިފުޅު ނަލަ ހެއްދިދާނެ ސަޅި ގޮތްތައް

Feb 25, 2017
2

މިއީ އެންމެ ގިނަ މައިންބަފައިން އިސްކަންދޭ އެއް ކަންތަކެވެ. ދަރިފުޅު ނަލަ ހެއްދުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ އެއްކަންތަކެވެ. ހާއްސަކޮށް އަންހެން ދަރިއަކު ހުންނަ މަންމައެއް ނަމަ އަބަދުވެސް ދަރިފުޅު "ތުއި" ކޮށް ނަލަހައްދާފައި ބަހައްޓަން ހާއްސަ އިސްކަމެއް ދެ އެވެ. ދަރިފުޅު އެ ހެދުމެއް ލައިގެން އުޅެން ފަސޭހަ ރީތި ހެދުމެއް ހޯދުމަށް ގިނަ ބެލެނިވެރިން ހާއްސަ އިސްކަމެއްދެ އެވެ.

އެގޮތުން މިއީ ދަރިފުޅު ގޮވައިގެން ބޭރަށް ދާއިރު ހެދުން ލައްވާލަން ވަރަށް ރީތި ގޮތެކެވެ. އަދި މިއީ ހެދުން ލައިގެން އުޅެން ގަޔަށް ވެސް ފަސޭހަ ގޮތެކެވެ. މާޖަހާފައި ހުންނަ ހެދުމަކީ އާންމުކޮށް އަންހެން ކުދިންގެ ފޭވަރިޓެކެވެ.

ފިރިހެން ކުދިންނަކީ އަންހެން ކުދިންނާއި ޚިލާފަށް މާގިނަ ގޮތްތަކެއް ހެދޭނެ ބައެއް ނޫނެވެ. ނަމަވެސް ފިރިހެން ކުދިން ވެސް ރީތިކޮށް ޑްރެސް ކުރެވިދާނެ އެވެ.

އެގޮތުން ޕޮލްކަ ޑޮޓް ގިރުވާންލީ ޓީޝާޓަކާއި އެކު ސޯޓެއް ގުޅުވާލެވިދާނެ އެވެ. އިތުރަށް ރީތިކޮށްލުމުގެ ގޮތުން ބޭނުންނަމަ ބެގީ ވެސް ކޮށްލެވިދާނެ އެވެ.

ޕެޕްލަމް ހެދުމަކީ ބޮޑެތި މީހުންގެ މެދުގައި ވެސް ވައިގި ހިފި ޑިޒައިނެކެވެ. އަދި މިއީ ތުއްތު އަންހެން ކުދިންނާއި ވެސް ގުޅޭ ޑިޒައިނެކެވެ. މިގޮތަށް ޕެޕްލަމް ހެދުމެއް ޕާޓީއަކަށް ދާއިރު ލައްވާލެވިދާނެ އެވެ.

ސްޓްރައިޕަކީ ހުރިހާ އުމުރެއްގެ އެންމެންނާ ވެސް ގުޅޭ ސްޓައިލެކެވެ. ރޮނގުދެމި ޓީޝާޓާ އެކު ޖީންސް އެއް ގުޅުވާލެވިދާނެ އެވެ.

މިއީ ޕާޓީތަކާއި ގުޅޭ ސްޓައިލެކެވެ. ހާއްސަކޮށް މަތިކޮޅަކާއި އެކު ބެގީ ސްކާޓެއް ގުޅުވާލެވިދާނެ އެވެ.

މަސްޓޭޗް ޓީޝާޓަކާ އެކު ތިރިން ޖީންސް އެއް ލައްވާލެވިދާނެ އެވެ. ނޫންނަމަ ޖީންސް އަކާއެކު އަތްދިގު ގަމީހެއް ގުޅުވާލެވިދާނެ އެވެ.

ތިރީ ބުރި ޑިސްކޯފޮތި އަދި މަތި މަހުމާފޮތިން ގުޅުވާލާފައި ހުރި ރީތި ހެދުމަކާއެކު ކްރިސްޓަލް ބެލްޓެއް ގުޅުވާލެވިދާނެ އެވެ. އަދި މިއީ އަންހެން ކުދިން އެންމެ ގަޔާވާ ޕްރިންސަސް ޑިޒައިނެވެ.

  • ފޮޓޯ- އަހުމަދު ޝުރާއު/އަވަސް
  • ރީޓަޗް- އަހުމަދު ސައްފާހް/އަވަސް
  • މޮޑެލް- ޒޭން އަދި ޔޫލީ
  • ކޮސްޓިއުމް- ސްކައި ކިޑްސް