އަވަސް ޓްރެންޑްސް

އަވަސް ޓްރެންޑްސް: ޓިޕްސް ތަކާއެކު ރުތުބާގެ ރީތި މޭކަޕެއް!

Mar 11, 2017
5

ބޭރަށްދާން ނުވަތަ ޕާޓީއަކަށް ދާންވިޔަސް ރީތި މޭކަޕެއް ކޮށްލުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އަދި މޭކަޕް ރީތިކޮށް އަމިއްލައަށް ކުރެވެއޭ ހިތަށް އެރިނަމަވެސް މޭކަޕްގައި ނޭނގި ހެދޭ ގޯސްތަކެއް ވެސް ހުރެ އެވެ.

މިފަހަރުގެ އަވަސް ޓްރެންޑްސް ގައި މި ގެނެސްދޭ މޭކަޕް ޓިއުޓޯރިއަލް ގައި މޭކަޕް ބައެއް ޓިޕްސްތައް ފްރީލާންސް މޭކަޕް އާޓިސްޓް ރުތުބާ ކިޔާލަދީފައިވާނެ އެވެ.

އަވަސް ޓްރެންޑްސްގެ މިފަހަރުގެ މޭކަޕް މި ހާއްސަކޮށްލަނީ އާންމުކޮށް ބޭރަށް ދާއިރު ނުވަތަ ރޭގަނޑު ހާއްސަ ތަނަކަށް ދާއިރު ކޮށްލަން ރީތި މޭކަޕަކަށެވެ.

މޭކަޕް ކުރަން ފެށުމުގެ ކުރިން މޫނުގައި އަބަދުވެސް މޮއިސްޗަރައިޒާއެއް އުނގުޅަން އާދަކުރަންވާނެ އެވެ.

މޭކަޕް ކުރާއިރު ބޭނުންކުރާ ފައުންޑޭޝަނަކީ ހަމާއި ގުޅޭ ކުލައެއްތޯ ބަލަންވާނެ އެވެ. ސަބަބަކީ ގިނަ ފަހަރަށް ރާއްޖެއިން ލިބެން ހުންނާނީ ހަމުގެ ކުލައަށްވުރެ ދޮން ފައުންޑޭޝަނެވެ. މިހެންވެއްޖެނަމަ ތިން ކުަލއެއްގެ ފައުންޑޭޝަން މިކްސް ކޮށްލައިގެން ބޭނުން ކުރެވިދާނެ އެވެ.

މޭކަޕް ކުރާއިރު މާގިނައިން ފައުންޑޭޝަން ބޭނުން ނުކުރާށެވެ. އަދި ރަނގަޅަށް ބްލެންޑް ކުރަން އާދަ ކުރާށެވެ. ނޫންނަމަ ހީވާނީ ގަނޑުގަނޑަށް ފުށްޖަހާފައި ހުންނަހެނެވެ.

އައިޝެޑޯ ޖައްސަމުންދާއިރު ލޮލުގެ ތިރިއަށް ކުނޑި ފައިބާނަމަ ސެޓިން ޕައުޑް ކޮޅެއް ބޭނުން ކޮށްލާށެވެ. އަދި ލޮލުގެ މޭކަޕް އެއްކޮށް ނިންމުމަށްފަހު ސާފުރީތި ބްރަޝްއަކުން ފޮޅާލާށެވެ.

  • މޭކަޕް: ރުތުބާ
  • މޮޑެލް: ސިދާ
  • ވީޑިއޯ: އަފްޝީން ނަސީރު/ އަވަސް
  • ފޮޓޯ: އަހުމަދު ޝުރާއު/ އަވަސް
  • ރީޓަޗް: އަހުމަދު ސައްފާހް/ އަވަސް