ވިޔަފާރި

ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެއްބަސްވުމުގައި ޖޫން މަހު ސޮއިކުރަނީ

Feb 20, 2017
5

ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެއްބަސްވުމުގެ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ. މީގެ ކުރިން ވެސް، ގިނަ މަޝްވަރާތަކެއް ރާއްޖެ އާއި ޗައިނާއާ އެކުވަނީ ކޮށްފަ އެވެ.

ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދާނެ މީހުން ތަމްރީން ކުރުމަށް، ކަސްޓަމަސްގައި މިއަދު ފެށި، ބައްދަލުވުން ނިންމާލުމަށްފަހު، ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމުގެ ގޮތުން މިހާރު ކުރިއަށް ދަނީ ދެ ގައުމުން އެކުލަވާލި، ގާނޫނީ ލިޔެކިޔުންތައް ނިންމުމުގެ މަސައްކަތް ކަމަށެވެ.

"މިހާރު ހުރިހާ ޑައިލޮގެއް ނިމި ދެ ގައުމުގެ ގަވަމަންޓް އިންސްޓިޓިއުޝަންސް ލީޔަގް ޓެކްސް ފައިނަލް ކުރަނީ،" ސައީދު ވިދާޅުވި އެވެ.

ޗައިނާއާއެކު ރާއްޖޭން ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން މަޝްވަރާތައް ށާފައިވާއިރު، މި މަޝްވަރާތަކުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭން އެކްސްޕޯޓް ކުރާ މަހާއި މަހުގެ ބާވަތްތައް ޗައިނާއަށް ޑިއުޓީ ނެތި، އެތެރެ ކުރެވޭނެ މަގު ފަހި ކުރުމެވެ. މިގޮތުން ރާއްޖޭގައި އުފައްދާ 400 ބާވަތަކުން ޑިއުޓީ ފްރީ އިނާޔަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޗައިނާގެ އިތުރުން ހޮން ކޮންގުން ވެސް ވަނީ ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ. އަދި މި މަޝްވަރާތައް ވަނީ ފަށާފަ އެވެ.