ދުނިޔެ

"އަލިފާން، ވިއްސާރަދުނި" ސިންގަޕޫރު މީހުންނަށް ލިބުނު އުފަލެއް

Feb 21, 2017
1

ސިންގަޕޫރު މީހުންނަށް އިއްޔެ ހަވީރު ވީ ވަރަށް އުފާވެރި ހަވީރަކަށެވެ. އެއީ ތަފާތު ގިނަ ކުލަތައް އެކުލެވޭ އަލިގަނޑެއް އުޑުމަތިން ފެނިގެންނެވެ.

އިއްޔެ ހަވީރު ސިންގަޕޫރުގެ ހުރިހާ ހިސާބަކަށް ފެންނަން ހުރި އެ އަލިގަނޑަކީ ގަނޑު ފެނުގެ ވިލާގަނޑެއްގެ ތެރެއިން އަލި ފާއްދާލުމުން އުފެދޭ ' ފަޔާ ރެއިންބޯ' (އަލިފާން ވިއްސާރަދުނި) ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އާދަޔާ ހިލާފު އެކަންތައް 15 މިނެޓް ވަންދެން ފެންނަން ހުއްޓެވެ.

" އެކަން ފުރަތަމަ ފެށުނީ އޮރެންޖް ކުލައިގެ ވަށްބުރެއްހެން، ދެން ބޮޑު ވަމުން ބޮޑުވަމުން ގޮސް އޭގައި ހުރިހާ ކުލައެއް ޖެހުނު. އަދި 15 މިނެޓްވަންދެން ފެންނަން ހުރުމަށް ފަހު މަޑުމަޑުން ގޮސް އޮބިއްޖެ،" އާދަޔާ ހިލާފު ވިއްސާރަދުނި ފެނުނު މީހެއް ކަމަށްވާ ފާޒިދާ މުހުތާރު ބީބީސީއަށް ކިޔައިދީފައި ވެއެވެ.

ފާޒިދާ ބުނެފައި ވަނީ އޭނާ މަސައްކަތް ކުރާ ޗައިލްޑް ކެއާ ސެންޓަރުގެ ހުރިހާ ކުދިންނާއި ބެލެނިވެރިންނާއި އެތަނުގެ މުވައްޒަފުން ވެސް އާދަޔާ ހިލާފު އެކަންތައް ފެނިގެން އިންތިހާއަށް އުފާވި ކަމަށެވެ. - ބީބީސީ