ލައިފްސްޓައިލް

އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނުމުން ލޭމައްޗަށް ދޭ

Feb 22, 2017

އެއް ފައި މައްޗަށް އަނެއް ފައި ލައިގެން އިނުމަކީ ވަރަށް އާންމު ކަމެކެވެ. ގިނަ މީހުންނަށް އިށީންނަ ގޮތަށް އެއް ފައި މައްޗަށް އަނެއް ފައި ނަގާއިރު އެކަން އިހުސާސްވެސް ނުވެ އެވެ. އެކަން ހުންނަނީ ކަށީގައި ހިފާފައި ހުންނަ އާދައަކަށް ވެފަ އެވެ. އެހެން އިންނަން ކިތަންމެ ފަސޭހަވެފައި އަރާމުވިޔަސް އެއީ ސިއްހިތަށް ވަރަށް ގެއްލުންހުރި ކަމެކެވެ.

ބްލަޑް ޕްރެޝާ މޮނިޓަރިންގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެއް ފައި މައްޗަށް އަނެއް ފައި ލައިގެން އިނުމަކީ ލޭގެ ޕްރެޝަރު މަތިވާ ކަމެއް ކަމަށެވެ. ލޭގެ ޕްރެޝަރު މަތިވާ ސަބަބެއް ކަމަށް އެ ދިރާސާގައި ބުނެފައިވަނީ އެއީ ގްރެވިޓީ އާއި ދެކޮޅަށް ފައިގައި ލޭ ދައުރުކުރާން ޖެހުމުގެ ސަބަބުންނެވެ. އެހެން ވުމުގެ ސަބަބުން ލޭ ޕަމްޕް ކުރުމަށް ހިތަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އެހެން ކަމުން ލޭ ހޮޅިތަކުން ހިތަށް ލޭ ފޮނުވުމަށް އިތުރަށް ޕްރޭޝާ ކުރަން ޖެހެ އެވެ.

ފައި މައްޗަށް ފައި ނަގައިގެން 15 މިނެޓަށްވުރެ ގިނަ އިރު ވަންދެން އިނުމަކީ އެތައް ސިއްހީ ނުރައްކަލަކަށް ހުށަހެޅޭ ކަމެކެވެ. އެކަމުގެ ގެއްލުން އެހާ އަވަހަށް ނުފެނިދާނެ އެވެ. އެހެން ކަމުން ކޮންމެ އެއް ގަޑިއިރަކުން ތެދުވެ ހިނގާލުމަކީ މުހިންމު ކަމެކެވެ.

އެއް މައްޗަށް އަނެއް ފައި ނަގައިގެން އިނުމަކީ ބުރަކަށި އަދި ކަނދުރާގައި ރިއްސުމަށްވެސް މަގުފަހިވާ ކަމެކެވެ. އަދި މިއީ އުނގަނޑުގެ ކަށިގަނޑުތަކަށްވެސް ގެއްލުން ހުރި ކަމެކެވެ. މީގެ އިތުރުން މި ކަށިތަކާއި ގުޅިގެން އަންނަ ބުރަކަށީގެ ކަށިތަކަށް އިތުރު ޕްރެޝަރެއް ކުރިމަތި ކުރުވާ އާދަޔާ ހިލާފަށް ކަނދުރާ އަދި ބުރަކަށީގައި ރިއްސަން މެދުވެރިވެ އެވެ.

މީގެ އިތުރުން މިއީ ހަށިގަނޑު ވަރުބަލިކޮށްލާ ނިދި އައުމަށްވެސް މަގުފަހި ކުރުވާ ކަމެކެވެ. އަދި ފައި އައްސިވުމަށްވެސް މަގުފަހި ކުރުވަ އެވެ. އަވަސް އަވަހަށް ފައި އައްސިވާނަަމަ އެއީ ނާރަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ އަލާމާތެެކެވެ.

އެހެން ކަމުން ދުވާލުގެ ގިނަ ވަގުތު އޮފީހުގައި އިންނަ އިރު ދެ ފައި ހަމައަށް ބިންމަތީގައި ޖައްސައިގެން ހަށިގަނޑު ސީދަލަށް ބަހައްޓައިގެން އިށީނދެ އިނުމަކީ މުހިންމު ކަމެކެވެ.