ބޮލީވުޑް

ކަންގަނާ އާއެކު ފިލްމު ކުޅެން ދެކޮޅެއް ނަހަދަން: ޝާހްރުކް

Feb 27, 2017

ސުޕަސްޓާ ޝާހްރުކް ޚާން އާއެކު ފިލްމެއް ކުޅުމަކީ ބޮލީވުޑްގެ ކޮންމެ ބަތަލާ އަކު ދެކޭ އެންމެ ބޮޑު ހުވަފެނެވެ.

އެގޮތުން ޝާހްރުކް އާއެކު ފިލްމެއް ކުޅެން ލިބޭނެ އިރެއްގެ އިންތިޒާރުގައި އެތަކެއް ތަރިން ތަކެއް އަދިވެސް ތިބިއިރު، ބަތަލާ ކަންގަނާ ޝާހްރުކްގެ އިތުރުން އިތުރު އެއްވެސް ޚާނަކާ އެކު ފިލްމު ކުޅޭކަށް ބޭނުމެއްނުވެ އެވެ.

މިފަހުން ޝާހްރުކަށް ވަނީ ޑައިރެކްޓަރު ބަންސާލީގެ ދެ ފިލްމަކުން ހުށަހެޅުން ލިބިފަ އެވެ. މި ދެ ފިލްމުގެ ތެރެއިން އެއް ފިލްމުގެ ބަތަލާ އަކީ ކަންގަނާ އެވެ. އަދި ޝާހްރުކް ދެ ފިލްމުގެ ތެރެއިން ނުކުޅެ ދޫކޮށްލާފައިވަނީ ކަންގަނާ ބަތަލާގެ ރޯލު ކުޅޭ ފިލްމު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ބުނެވޭ ގޮތުގައި ކަންގަނާ އާއެކު ފިލްމެއް ނުކުޅޭން ޝާހްރުކް ނިންމާފައިވަނީ މިފަހުން ސެލެބްރިޓީ ޓޯލްކް ޝޯ "ކޮފީ ވިތް ކަރަން" ގައި ބައިވެރިވެ އެއްވެސް ޚާނަކާ އެކު ފިލްމެއް ކުޅޭނަމަ ކުޅޭނީ އެމީހުންނާ އެއްވަރުގެ ރޯލެއް ކުޅެން ލިބޭ ކަމަށް ވަނީ ނަމަ ކަމަށް ބުނެފަ އެވެ.

ކަންގަނާ އާއެކު ފިލްމެއް ކުޅެން ޝާހްރުކް ބޭނުންނުވާ ކަމުގެ އަޑުތަކެއް އަރާފައިވާއިރު، މިކަމާ ގުޅިގެން ޝާހްރުކް ވަނީ ބަންސާލީ ހުށަހެޅި ދެ ފިލްމުގެ ތެރެއިން އަދި އެއްވެސް ފިލްމެއް ކުޅެން އޭނާ އެއްބަސްނުވާ ކަމަށެވެ.

އަދި ކަންގަނާ އާއެކު ފިލްމު ކުޅެން ދެކޮޅު ހެދި ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށާއި ނޫސްތަކުގައި ލިޔާ ކޮންމެ އެއްޗެއް ގަބޫލުނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު ޝާހްރުކްގެ "ރައީސް" ރިލީޒްވެފައިވާއިރު، ކަންގަނާގެ "ރަންގޫން" ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްވެފަ އެވެ.