ދުނިޔެ

މުސްލިމުން މެރި ކަމުގެ ތުހުމަތު ކުރެވުނު އިންޑިއާގެ ފުލުހުން ސަލާމަތްވެއްޖެ

ބުނެވޭ ގޮތުގައި އިންޑިއާގެ ފުލުހުންގެ ބަޔަކު މުސްލިމުންގެ ގިނަ ބަޔަކު މީތުރުގައި މަރާލާފައި ވަނީ މިސްކިތެއްގެ ބޭރުގައި ހިންގި ހަޅުތާލެއްގެ ތެރެއިން ހައްޔަރުކުރުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ތަނުން ހައްޔަރުކޮށްގެން ގެންދިޔަ މުސްލިމުންގެ އާންމުންތައް އިންޑިއާގެ ފުލުހުން ވަނީ ފެންގަނޑަކަށް އެއްލައި މަރާލައިފަ އެވެ.

ނަމަވެސް މި މައްސަލާގައި އެންމެފަހުން ނިއު ދިއްލީގެ ކޯޓަކުން ނިންމާފައި ވަނީ ދައުވާ އުފުލާފައިވާ ފުލުހުންގެ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށެވެ.

މި މައްސަލަ އިންޑިއާގެ ކޯޓަށް ވެއްދީ 1996 ވަނަ އަހަރު އެވެ. އެ މައްސަލާގައި އެންމެ ފުރަތަމަ 19 ފުލުހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް މި ޝަރީއަތް ދިގުލައިގެން ދިޔަ މަރުހަލާގައި އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.