ހަބަރު

މީޑިއާނެޓުން "އެންޑް ޓީވީ އެޗްޑީ" ތައާރަފް ކޮށްފި

މީޑިއާނެޓް އިން މަގުބޫލު ހިންދީ ޗެނަލް އެއް ކަމަށް ވާ "އެންޑް ޓީވީ އެޗްޑީ" ތައާރަފް ކޮށްފި އެވެ.

މީޑިއާނެޓްގެ ހެޑް އޮފް މާކެޓިން އިމާޒް މުހަންމަދު ވިދާޅުވި ގޮތުން، މި ޗެނަލަކީ މީޑިއާނެޓްގެ ހިދުމަތް ހޯއްދަވާފަރާތް ތަކުން އެންމެ ތައާރަފް ކުރުމަށް އެދޭ ޗެނަލް ތަކުގެ ތެރެއިން އެއް ޗެނަލް އެވެ.

"ޒީ އެންޓާޓެއިންމަންޓު އެންޓާޕްރައިޒެސް ލިމިޓެޑް" ގެ މި ޗެނަލް އިން ހުށައަޅައި ދޭ ތަފާތު އެތަކެއް ހިންދީ މުނިފޫހިފިލުވައިދޭ ޕްރޮގްރާމް ތަކުގެ ތެރޭގައި "ދަ ވޮއިސް އޮފް އިންޑިއާ" އާއި "ސަންތޯޝީ މާ" ފަދަ ބެލުންތެރިން ގެ މެދުގައި މަޤުބޫލު އެތަކެށް ޕްރޮގްރާމެއް ހިމެނެ އެވެ.

މީޑިއާނެޓް ގެ "އެކްސްޓްރާ ޕްރިމިއަމް އެޗްޑީ" ގެ ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާނުލާ އެންޑް ޓީވީ ގެ ހިދުމަތް މިހާރު ލިބޭނެ އެވެ.