ހަބަރު

ސީއެސްސީގެ ވަފުދެއް ޕާކިސްތަނަށް

ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއިން ދިން ދައުވަތު ގަބޫލުކޮށް ސިވިލް ސާވިސް ކޮމިޝަން ގެ ވަފުދެއް ޕާކިސްތާނަށް ގޮސްފި އެވެ.

މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަން ގެ ރައީސް ޑރ. އަލީ ޝަމީމު އަދި ޑިރެކްޓާ އިންޓަނޭޝަނަލް ރިލޭޝަންސް ފާތިމަތު ލަޙްފާ އެވެ. މި މަހު 23 ވަނަ ދުވަހު އެ ކޮމިޝަނުގެ ރައީސް ވަނީ މި ދަތުރުފުޅާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޕާކިސްތާން އިން ރާއްޖެއަށް ކަނޑަ އަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ސައިދް ކަވަރު އަލީ ޝާހްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މި ދަތުރުގެ އެއް އަމާޒަކީ ޕާކިސްތާނުގެ ސިވިލް ސާވިސް މުއައްޒަފުން ނަށް ތަމްރީނުދޭ ފަރާތްތަކާ ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާ ގުޅުން ބަދަހިކޮށް އެ ތަމްރީނާއި ތަޖުރިބާ ލިބުމުގެ ފުރުސަތު އެ ކޮމިޝަން ގެ މުއައްޒަފުނަން ހޯދައިދިނުމެވެ.