ބޭރު ކުޅިވަރު

ވުލްފްސްބާގަށް އާސެނަލްގެ އެކެޑެމީ ކޯޗް

Feb 28, 2017

ވްލްފްސްބާގްގެ ކޯޗުގެ ގޮތުގައި ހުރި ކްރިސްޓަލް ޕެލަސްގެ ކުރީގެ ޑިފެންޑަރު ފްރާންސްގެ ވެލަރިއަން އިސްމޭލް މަގާމުން ދުރުކުރުމަށް ފަހު އެމަގާމަށް އާސެނަލްގެ އެކެޑެމީ ކޯޗް އަންޑްރެސް ޔޮންކާ ހަމަޖައްސައިފި އެވެ.

ދެ ހާސް ސާދަ ވަނަ އަހަރު އާސެނަލްގެ އެކެޑެމީގެ ކޯޗަކަށް ހުރި ލިއަމް ބްރޭޑީގެ ބަދަލުގައި، ޔޮންކާ އެކެޑެމީގެ ކޯޗު ކަމަށް ހަމަޖެއްސުމުގެ ކުރިން، އޭނާ، ވަނީ ވްލްފްސްބާގްގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.

އޭނާ ވަނީ، ލުއިސް ވެންހާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި، ބާސެލޯނާ އާއި ބަޔާން މިޔުނިކް އަދި ހޮލެންޑްގެ ގައުމީ ޓީމުގައި ވެސް ކުރިން މަސައްކަތް ކޮށްފަ އެވެ.

ޔޮންކާ، 54 ވުލްފްސްބާގްގެ ކޮންޓްރެކްޓްގައި ސޮއި ކުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ.

ވެލަރިއަން އިސްމާއީލް ވަކި ކުރީ، މިދިޔަ ހޮނިހިރު ދުވަހު ވާޑާ ބްރޭމަން އަތުން 2-1 ން ބަލިވެ، އެޓީމަށް ރެލިގޭޝަން ޒޯންގެ ބިރު ކުރިމަތި ވުމުން ނެވެ.

ޔޮންކާ ވަނީ، އޭނާއާ އެކު، އާސެނަލުގެ އެކެޑެމީގައި މަސައްކަތް ކުރި، ސްވިޑެން އާއި އާސެނަލުގެ ކުރީގެ މިޑްފީލްޑާ ފްރެޑެއި ލިއުންގްބޭރީ، ވްލްފްސްބާގްގައި އޭނާގެ އެސިސްޓޭންޓް ކޯޗަކަށް ހަމަޖައްސާފަ އެވެ.

ކޯޗް ކަމަށް ހަމަޖެއްސުމަށްފަހު، ޔޮންކާ ބުނީ އޭނާގެ ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެއް ކަމަށާއި، މިހަފުތާގައި އޭނާ ހޭދަ ކުރާނީ ކުޅުންތެރިން ދެނެގަތުމުގެ މަސައްކަތުގައި ކަމަށެވެ.