ކުޅިވަރު

އެމްބީއޭ ކަޕް ޓީރެކްސް އިން މިލްކު ކޮށްފި

Feb 28, 2017

ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި، ކިންގްސް ބާސެކްޓްބޯޅަ ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ކަޕް ޓީރެކްސްއިން މިލްކު ކޮށްފި އެވެ.

އެމްބީއޭ ކަޕުގެ ހުރިހާ މުބާރާތެއްގެ ޗެމްޕިއަނަކީވެސް ޓީރެކްސް އެވެ. އެމްބީއޭ ކަޕް ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރު އެވެ.

ފައިނަލު މެޗް، ޓީރެކްސް ކާމިޔާބު ކުރީ، 13 ޕޮއިންޓްގެ ތަފާތަކުންނެވެ.

ޓީރެކްސް 88 އަށް ޕޮއިންޓް ހޯދިއިރު، ކިންގްސް އަށް ހޯދުނީ 75 ޕޮއިންޓެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ، ރާއްޖޭގެ މިވަގުތު ހުރި އެއް ވަނަ ބާސްކެޓް ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ކިންގްސްގެ މުހައްމަދު ޒިލާލް، އިބްރާހިމް ނަސީމު އާއި ދަ ބައުސްގެ ރިޝްފާން ރަޝީދާއި ޓީރެކްސްގެ އަހްމަދު ޒަބީރެވެ.