ކުޅިވަރު

ކުލަބުތަކަށް ފައިސާ ދޭން ކުންފުނިތަކާއެކު ގުރުލުން މާދަމާ

Mar 1, 2017

އެފްއޭއެމް މެދުވެރިވެގެން، ކުލަބު ތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާ ދިނުމަށް. ކުލަބުތަކާ ކުންފުނިތަކާ ގުޅުވާލުމަށް ކުރާ މަސައްކަތުގައި، އެފްއޭއެމް އާއެކު އެއްބަސް ވެފައިވާ ސަރުކާރުގެ ކުންފުނިތަކާއި ކުލަބު ތަކުގެ މެދުގައި ލާ ގުރުއަތު ލުން މާދަމާ ބޭއްވުމަށް ތާވަލު ކޮށްފި އެވެ.

މީގެ އެއް ހަފުތާ ކުރިން، އެފްއޭއެމުން ވަނީ، ކުލަބު ތަކަށް. ފައިސާ ދޫކުރުމަށް އެފްއޭއެމްއާ ކުންފުނިތަކާ ދެމެދު އެއް ބަސް ވެފައެވެ. އަދި ކުންފުނި ތަކުގެ ތެރެއިން، އެވެނި ކުލަބަކަށް ފައިސާ ދޭނެ ކުންފުންޏެއް ކަނޑައެޅިގެން ދާނީ ސިއްރު ގުރުއަތަކުން ނެވެ.

ކުލަބު ތަކަށް ފައިސާ ދޫކުރާނެ ކުންފުނި ކަނޑައެޅިގެން ދިއުމަށްފަހު، ކުންފުނިތަކާއި ކުލަބު ތަކާ ދެމެދު އެއްބަސްވުން ގާއިމު ކުރުމަށް އަންނަ ހަފުތާ ބުރާސްފަތި ދުވަހު، ސޮއި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދަޅުވި އެވެ.

ޖަވާ ވިދަޅުވީ ގުރު އަތު ލުމަށްފަހު، ހޭދަވާ އެއް ހަފުތާގެ މުއްދަތަކީ، ކުލަބު ތަކާއި ކުންފުނިތަކާ ދެމެދު ވެވޭ އެއްބަސްވުން ތައްޔާތު ކުރުމަށް ހޭދަވާ މުއްދަތު ކަމަށެވެ.

އެއަށްފަހު، ކުންފުނިތަކާއި ކުލަބު ތައް އެއްބަސްވާ ގޮތެއްގެ މަތިން ފައިސާ ދޫކުރާނީ، ތިން ކްއާޓާ އަށް ބަހާލައިގެން ކަަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން ވަނީ ކުލަބު ތަކަށް ފައިސާ ދިނުމާއެކު، އެފައިސާގެ ތެރެއިން ކުލަބު ހިންގުން ހަރުދަނާ ކުރުމަށާއި ކުލަބު މާކެޓް ކުރުމަށް ކަންތައްތަކެއް ކުރުމަށް ކުލަބު ތަކަށް ޝަރުތު ތަކެއް ކަނޑައެޅުމަށް ނިންމާފަ އެވެ.

މާދަމާ ހެދުނު 10:00 ށް ތާވަލު ކޮށް ފައިވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ހޯލް ގައެވެ. އެފްއޭއެމުން މީޑިއާ ތަކަށް ފޮނުވާފައިވާ ދައުވަތުގައި ބުނެފައި ވަނީ، ކުލަބު ތަކަށް ފައިސާ ދޫކުރުން ހިމެނެނީ، ފުޓްބޯޅައިން މި ސަރަހައްދުގައި އެންމެ ކުރި އަރާފައިވާ ގައުމަކީ، ރާއްޖެ ކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.