ބޮލީވުޑް

ސަންޖޭގެ ސަޕޯޓަރުންނާ ހެދި "ބޫމީ"ގެ ޝޫޓިން ހުއްޓިއްޖެ

Mar 3, 2017
1

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ޖަލުން މިނިވަންވި ފަހުން ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން ފެށުމާއެކު އޭނާގެ ފޭނުން އުފަލުން ފޮޅުނު ކަހަލަ އެވެ.

ސަންޖޭ "ބޫމީ" ގެ ޝޫޓިން އިންޑިއާގެ އާގަރާގައި ފެށިކަމުގެ ހަބަރު އޭނާގެ ފޭނުންނާ ހަމައަށް ފޯރުމާއެކު ވަނީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ސަރަހައްދަށް އެއްވެފަ އެވެ

އޮމަންގް ކުމާރު ޑައިރެކްޓްކުރާ މި ފިލްމުގައި ކައިވެނީގެ މަންޒަރެއް ނަގަން ޖެހޭތީ އެ މަންޒަރު ނަގަން ފިލްމު އުފައްދާ ފަރާތުން ގޮސްފައިވަނީ އާގްރާގެ 15 ކިލޯ މީޓަރު ބޭރުގައި އޮތް ސަރަހައްދަކަށެވެ. ނަމަވެސް ސަންޖޭގެ ފޭނުންނަށް އޭނާ މި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަ ލޮކޭޝަންގެ މައުލޫމާތު ލިބުމާއެކު ވަނީ އެތަނަށް ވެސް އެއްވެފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވުމުން ފިލްމުގެ ޓީމަށް އެމީހުން ކޮންޓްރޯލް ކުރަން އުނދަގޫވެފިލްމުގެ ޝުޓިން ހުއްޓާލަން މަޖުބޫރުވީ އެވެ.

މިއާއެކު ފިލްމުުގެ ޝޫޓިން ވެސް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާއިރު ފިލްމުގެ ޕްރޮޑަކްޝަންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ފިލްމުގެ ސެޓުގައި ސެކިއުރިޓީ ވަރަށް ވަރުގަދަ ނަމަވެސް ސަންޖޭގެ ފޭނުންވަނީ ސެކިއުރިޓީ ފޫ އަޅުވާލާފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އޮމަންގް ވެސް ވަނީ އެތަކެއް ހާސް ބަޔަކު ފިލްމުގެ ސެޓަށް އެއްވުމުގެ ސަބަބުން ފިލްމުގެ ޝޫޓިން މަޑުޖައްސާލިކަން ޔަގީންކޮށްދީފަ އެވެ. އަދި އޮމަންގް ވަނީ ވަގުތީ ގޮތުން ފިލްމުގެ ޝޫޓިން ވެސް މަޑުޖައްސާލާފައިވާކަން ޔަގީންކޮށްދީފަ އެވެ. އަލުން ޝޫޓިން ފަށާނެ ދުވަހެއް ހާމަކޮށްފައެއްނުވެ އެވެ.

ސަންޖޭ އާއެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ އަދިތީ ރާއޯ ހައިދަރީ އެވެ. މި ފިލްމަކީ ބައްޕަ އާއި އަންހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ފެނިގެންދާ ފިލްމެކެވެ.