ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

"މެޑަމް ފާތުން ވަނީ ތާރީހުން ހާއްސަ ޖާގަ ހޯއްދަވާފައި"

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުދިންގެ އާއިލާތަކާއެކު ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބައްދަލު ކުރައްވާ އެހީދެއްވަނީ-- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމް ރާއްޖޭގެ ތާރީހުން ހާއްސަ ޖާގަ ހޯއްދަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް އަލަށް ގުޅުނު 400 މެންބަރުންގެ ފޯމުތައް ހަވާލު ކުރަން މިއަދު ހަވީރު ބޭއްވި ހަފްލާއެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އަންހެން ކަނބަލުން ހިއްސާ ކުރާއިރު އެ އެކަނބަލުންނަށް ކަންކަމުގައި އިސް ނެންގެވުމުގެ ނަމޫނާ ދައްކަވަނީ މެޑަމް ފާތުން ކަމަށާއި އޭގެ ސަބަބުން ގިނަ އަދަދަކަށް އަންހެންކަބަލުން ޕީޕީއެމާ ގުޅެމުން އަންނަ ކަމަށެވެ.

"އިންސާނީ ތޮބިއްޔަތުގައި އާންމު ކަމެއް ލޯތްބެއް ނުވަތަ އަޅައިލުން އިހުސާސް ކުރެވޭނަމަ އެކަމަށް އާނއެކޭ ބުނުން. މީގެ ކުރީގައި ވެސް މި ގައުމުގައި ވަރަށް ގިނަ މީހުންނަށް ވެރިކަން ލިބި ވަޑައިގެންނެވި، އަދި މި ގައުމުގައި މީގެ ކުރިން ފަސްޓް ލޭޑީންނަށް ވެސް ފުރުސަތު ލިބި ވަޑައިގެންނެވި އިޖްތިމާއީ މަސައްކަތްތައް ކުރައްވަން. ނަމަވެސް މެޑަމް މިއަދު ވަނީ ރާއްޖޭގެ ތާރީހުން ހާއްސަ ޖާގަ ހޯއްދަވާފައި،"

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345