ހަބަރު

ފަސްޓްލޭޑީ މާލެ ވަޑައިގެންފި

Oct 18, 2018
7
ފަސްޓްލޭޑީ މާލެ ވަޑައިގަތުން. -- އަވަސް ފޮޓޯ | މުހައްމަދު އަފްރާހު
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ރައީސް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އެކަމަނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.

އެކަމަނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ، މިއަދު ހެނދުނުގެ ވަގުތުގަ އެވެ. އެކަމަނާ މާލެ ވަޑައިގެންނެވުމުން އިއްޒުއްދީން ފާލަން ސަރަހައްދަށް ޕީޕިއެމްގެ އިސްވެރިންނާއި އެކަމަނާގެ ސަޕޯޓަރުން ވަޑައިގެންނެވި އެވެ. އަދި އެ ސަރަހައްދުން އެކަމަނާއަށް މަރުހަބާ ދެންނެވި އެވެ. އަދި އެ ސަރަހައްދުގައި ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވި އެވެ.

ފަސްޓްލޭޑީ މާލެ ވަޑައިގެންނެވީ، އެކަމަނާގެ ހަގުދަރިކަލުންނާ ވެސް އެކު އެވެ. މީގެ ކުރިން އަޑުފެތުރިފައިވާ ގޮތުގައި އެކަމަނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށް އުމްރާއެއް ވެވަޑައިގަތުމަށެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345