ކުޅިވަރު

ޓެވަރޭސް ބޭނުންވަނީ ނިއު ބަދަލު ކޮށްލަން

Mar 2, 2017

އެސްޓީއޯ މާލޭ ލީގް ގައި މާދަމާ ރޭ ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މި އަހަރުގެ ފުރަތަމަ، މެޗެވެ. އެޓީމުގެ ކޯޗް ޕޯޗްގަލުގެ ބެނާޑޯ ޓެވަރޭސްގެ ވިސްނުމަކީ، މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުމެވެ.

އޭނާ ވަނީ، އެންމެ ފަހުން ވިކްޓަރީ އާއި ގްރީންސްޓްރީޓް ކުޅުނު މެޗު އެނަލައިސް ކޮށްފަ އެވެ. ބުނީ ވިކްޓަރީ ބަލިވި ނަމަވެސް، އެޓީމުން ގިނަ ހަމަލާ ތަކެއް އުފައްދާފައި ވުމުން ވިކްޓަރީ ނުރައްކާ ވާނެ ކަމަށެވެ.

"އެ މެޗުގައި ވިކްޓަރީގެ ސްޓައިކަރަކަށް ނުކުޅެވޭ، އަދި މި މެޗުގައި އެ ސްޓައިކަރު ފެންނާނެ، އެ މީހުންގެ ވަރުގަދަ ޓީމެއް އެބައޮތް،" ޓެވަރޭސް ބުންޏެވެ. "އަހަރެން ވިސްނަނީ، މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަން، އެއީ ގެއެއް ބިނާ ކުރި ނަމަވެސް، ބަހައްޓަނީ ފަހަރަކު ގާބުރި އެއް، އެހެންވެ އަހަރެން ކުރިއަށް ދާނީ ފަހަރަކު މެޗެއް ކާމިޔާބު ކުރަމުން، އަދި އަހަރެން މިދަނީ ނިއު ގައި ޓީމެއް ބިނާ ކުރަމުން،"

ކޯޗް ބުނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓް އޮތްހިސާބު އެންމެނަށް ވެސް އެނގޭ ކަމަށާއި ޓީމު އޮތީ ޗެމްޕިއަން ޓީމަށް ވުރެ 24 ޕޮއިންޓް ފަހަތުގައި ކަމަށެވެ. އޭނާ އަދި ބުނީ އެންމެ ފުރަތަމަ ވެސް އިސްކަން ދޭނީ އެކަންކަން ރަނގަޅު ކޮށް ނިއުއަށް ބަދަލެއް ގެނައުމަށް ކަމަށެވެ.

ވިކްޓަރީގެ ކޯޗް ސުޒޭނާ ބެހޭ ގޮތުން ނިއުގެ ކޯޗު ބުނީ އެއީ އެންމެ ފަހުން، ލީގް ޗެމްޕިއަން ކަން ހޯދި ކޯޗް ކަމަށް ވުމުން އޭނާ އާ ދެކޮޅަށް ވާދަ ކުރަން ބޭނުންވެފައި ހުރި ކަމަށެވެ.

އަދި ވިކްޓަރީ އާއި ނިއު އަކީ ސްޕެއިންގައި ނަމަ، ރެއާލް މެޑްރިޑާއި ބާސެލޯނާ، ޕޯޗްގަލްގައި ނަމަ ބެންފީކާ އާއި ޕޮޓޯ ކަމަށެވެ. އެހެންވެ، ވިކްޓަރީއާ ދެކޮޅަށް އެނާ ހުރީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ.