ލައިފްސްޓައިލް

އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް ރަށްޓެހިންނަށް ވެވިދާނެތަ؟

Mar 4, 2017
9

މިއީބަހުސް ކޮށްކޮށް ކޮޅުންލާނެ މައުލޫއެއް ނޫނެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކަށް "ބެސްޓް ފްރެންޑްސް" އަށް ވެވިދާނެ ހެއްޔެވެ؟ އަދި އެ ގޮތުގައި ދާއިމަށް ތިބެވިދާނެ ހެއްޔެވެ؟ ދެކޮޅަށް ވާހަކަ ދެއްކިދާނެ މި މައުލޫއަށް ސައިންސް ބުނަނީ ކީކޭތޯވެސް ބަަލައިލަން އެބަ ޖެހެ އެވެ.

ސައިންސް ބުނަނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކަށް ވެސް ހަގީގަތުގައި ރައްޓެހިންގެ ބޯޑު އަޅުވައިގެން ތިބެވޭނެ ކަމަށެވެ. އަދި ރައްޓެހިންގެ ބޯޑު އަޅުވައިގެން ނުތިބެވޭނެ ކަމަށްވެސް ސައިންސް އެބަ ބުނެ އެވެ. މިކަމާ ގުޅޭގޮތުން ޔުނިވާސިޓީ އޮފް ވިންކޮސިންގައި ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި ފިރިހެނުން އެމީހުންގެ އަންހެން ރައްޓެހިންނަށް ހިތްކިޔާ މިންވަރު އަންހެނުން އެމީހުންގެ ފިރިހެން ރައްޓެހިންނަށް ހިތް ކިޔާ މިންވަރަށްވުރެ މައްޗެވެ. އަދި އަންހެނުންނަށްވުރެ ބޮޑަށް ފިިރިހެނުން އެމީހުންގެ ރައްޓެހިން އެމީހުންނަށް ހިތް ކިޔާނެ ކަމަށް އުންމީދު ކުރެ އެވެ.

ދެން އޮތީ އަންހެނުންނާއި ފިރިހެނުންނަށް ރައްޓެހިންގެ ގޮތުގައި ތިބެވޭނެ ކަމަށް ބުނާ މީހުން ދައްކާ ވާހަކަ އެވެ. ބޮއިސް ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސަރު ހެއިދީ ރީޑާ ވިދާޅުވަނީ އަންހެނަކާއި ފިރިހެނަކާއި ދެމެދު "އެކުވެރިކަމުގެ ލޯތްބޭ" މިކިޔާ ލޯބި އުފެދިއްޖެނަމަ އެގުޅުން އެކުވެރިކަމުގައި އޮންނާނެ ކަމަށާއި އެ ގުޅުން ބަދަލުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެކަމަކު ދެ މީހުންގެ ދެމެދުގައި އޮންނަނީ ކޮން ކަހަލަ ލޯތްބެއްކަން ދެނެގަންނަން ބައެއް ފަހަރު އުނދަގުލެވެ.

އަންހެނަކާއި ފިރިހެނަކާއި ދެމެދު އޮންނަ އެކުވެރިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ދެ މީހުންނަށްވެސް ލިބޭ ކަމަށްވެ އެވެ. ނިއުޔޯކްގެ ސައިކޮލޮޖިސްޓް ލިންޑާ ސްޕޭޑިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ފިރިހެނުން ފިރިހެނުންނާއި ދެމެދު އޮންނަ އެކުވެރިކަމަށްވުރެ ފިރިހެނުންނާއި އަންހެނުންނާ ދެމެދު އޮންނަ އެކުވެރިކަމުގެ ރޭޓު އިތުރެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވަނީ އެ އެކުވެރިމުގައި ތިން ކެޓަގަރީއަކަށް ބެހިގެނދާތީ އެވެ.

އޭގެ ތެރޭގައި ކޮލިޓީ، އެންޖޮއިމެންޓް އަދި އަޅާލުމާއި އޯގާތެރިކަން އެކުލެވެ އެވެ. ސްޕޭޑިން ވިދާޅުވަނީ އެހެންވާ ސަބަބަކަށް މެދުވެރިވަނީ ފިރިހެނުން އަންހެނުންނާއި ވާހަކަ ދައްކާ ގޮތާއި ފިރިހެނުން ފިރިހެނުންނާ ވާހަކަ ދައްކާ ގޮތް އެތައް ގޮތަކުން ތަފާތު ވުމެވެ.

"އިދިކޮޅު ޖިންސުގެ އެކުވެރިން ގިނަ މީހުން ހޯދަނީ އެ ޖިންސުގެ މީހުންގެ ވިސްނުން ކަންކަމުގައި ހުންނަ ގޮތް ދެނެގަންނަން. އަދި ކައިވެނި ފަދަ ގުޅުންތައް ފެށުމުގެ ކުރިން އެޖިންސުގެ މީހުންގެ ވިސްނުން ދެނެގަނެ ދުރާލާ ތައްޔާރުވާން. ބައެއް ފަހަރު އަންހެނުން އިދިކޮޅު ޖިންސުގެ އެކުވެރިން ހޯދަނީ ބޭބެއެއް ހޯދަން. އެމީހުންގެ ފަރާތުން ބޭބެއެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ލިބޭތީ" ސްޕޭޑިން ވިދާޅުވެފައިވެ އެވެ.

ދެން އޮތީ އަންހެނުންނަށާއި ފިރިހެނުންނަށް "ބެސްޓް ފްރެންޑްސް" ނުވަތަ "ޖަސްޓް ފްރެންޑްސް"ގެ ބޯޑު އަޅުވައިގެން ނުތިބެވޭނެ ކަމަށް ބުނާ ވާހަކަ އެވެ. އެމީހުން ބުނާ ވާހަކައަކީ އެކުވެރިކަމުގެ ތެރެއިން އިދިކޮޅު ޖިންސަށް "އެޓްރެކްޓް"ވެވޭ ކަމަށެވެ. ހާއްސަކޮށް ފިރިހެނުން މި އެޓްރެކްޝަންގެ ސަބަބުން އެކުވެރިކަމުގެ ތެރެއަށް އިތުރު ކަންތައްތަކެއް ގެންނަން ބޭނުންވެ އެވެ. އެހެން ކަމުން ތިމާގެ ކަމުގެ ގުޅުން ނެތް އިދިކޮޅު ޖިންސުގެ މީހުންނާއި ގާތް އެކުވެރިކަން ނުބޭއްވުން ބުއްދިވެރި އެވެ.

ސްޕޭޑިންގެ ދިރާސާގެ 62 ޕަސަންޓް ބައިވެރިން ބުނަނީ އެމީހުން އިދިކޮޅު ޖިންސުގެ އެކުވެރިންނާމެދު ރައްޓެހި ކަމަށް ވުރެ ގާތް ރިލޭޝަނެއް ކޮންމެސް މިންވަރަކަށް ހިނގާފައިވާ ކަމަށެވެ. ޕެން ސްޓޭޓް ޔުނިވާސިޓީއިން 300 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި 67 ޕަސަންޓު މީހުން "އެކުވެރިކަމުގެ ލޯބި" މި ގުޅުމުގެ ތެރޭގައި ތިބި މީހުންނާ އެކު "ގުޅުމެއް" ވަނީ ހިނގާފަ އެވެ. އަދި ދެބައިކޮށްފަ އަށްވުރެ ގިނަ މީހުން އެކުވެރިކަމުގެ ގުޅުން ލޯބީގެ ގުޅުމަށް ވަނީ ބަދަލުކޮށްފަ އެވެ.

އެކުވެރިކަމުގެ ގުޅުން ލޯބީގެ ގުޅުމަށް ބަދަލު ނުކުރި ނަމަވެސް އަބަދުވެސް ކޮންމެސް އެކަކުގެ ހިތުގައި އަނެކާ އާއި ދޭތެރޭ ހިތުގައި ލޯބީގެ އިހުސާސް ކޮންމެސް މިންވަރަކަށް އުފެދޭނެ ކަމަށްވެ އެވެ. އަދި އެކަމަކީ ނުރައްކާތެރި ކަމަކަށްވެ އެވެ. އެއީ އެކުވެރިކަމުގެ ގުޅުމުގައިވެސް ކުނި ޖެހޭ ކަމަކަށް އެކަންވެ އެވެ.