ކުޅިވަރު

ކުޑަ ހުސައިންގެ ރެކޯޑް ޝަރަފު މުގުރާލައިފި

Mar 6, 2017
1

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ، ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) އަތުގައި އޮތް މެރަތަންގެ 28 އަހަރުވީ ރެކޯޑް، މޮރަކޯގައި ތަމްރީން ހަދަމުން ގެންދާ، ރާއްޖޭގެ ދުވުންތެރިޔާ އަހްމަދު ޝަރަފު މުގުރާލައިފި އެވެ.

މޮރަކޯގެ ވެރިރަށް ރަބަތުގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރަތަންގައި ދުވެ ޝަރަފު ރޭސް ނިންމީ 2:42:28 އިން ނެވެ.

ކުޑަ ހުސައިން އެންމެ ފުރަތަމަ މި ރެކޯޑް ހެދީ، 1989 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމް އާބަދުގައި ބޭއްވި، ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ގޭމްސްގައި، ކުޑަ ހުސެން، ރޭސް ނިންމީ 2:45:03 ން ނެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ޝަރަފު މި މުގުރާލި ރެކޯޑަކީ، ރާއްޖޭގެ މެރަތަންގެ ހަޔާތުގައި މިހާތަނަށް އޮތް އެންމެ ދުވަސްވީ އެއް ރެކޯޑް ކަމަށެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައި ވުމުގެ އަމާޒުގައި، މޮރަކޯގައި ޝަރަފު ތަމްރީން ހަދަމުން ގެންދަނީ، އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕެއްގައެވެ.