ކުޅިވަރު

މެސީގެ ކޮންޓްރެކްޓްގައި ބާކީ 17 މަސް، ބާސާ ހާސްވެއްޖެ

Mar 6, 2017

ބާސެލޯނާގެ ފޯވަޑް، ލިއޮނަލް މެސީ، އެ ޓީމާއެކު ހަދާފައިވާ ކޮންްޓްރެކްޓް ހަމަވާން ބާކީ އޮތީ 17 މަހެވެ. ބާސާ އޮތީ މެސީގެ އެއްބަސްވުން އާ ކުރުމަށް، އާންމުދަނީގެ ގޮތުގައި އަހަރަކު 35 މިލިއަން ޔޫރޯ އޭނާ އަށް ދޭން ތައްޔަރަށެވެ.

ބާސެލޯނާއިން މަސައްކަތް ކުރަމުން ދަނީ އަންނަ ސީޒަން ފެށުމުގެ ކުރިން މެސީގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ބާސާގެ ކުރީގެ ބައެއް ކުޅުންތެރިން ސިފަ ކުރާ ގޮތުގައި، މެސީ އަކީ ބާސާގެ ޓޮޓީ އެވެ. އެހެން ކުލަބަކުން ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް އޭނާ ހުންނާނީ ބަސާ ގައެވެ.

ނަމަވެސް، ބާސާ އަށް އޮތީ މާބޮޑު ހާސް ކަމެކެވެ. އެއީ ބާސާ އަށް ހުށަހެޅި ކޮންޓްރެކްޓަށް މީގެ ކުރިން، މެސީގެ އާނ ބަސް ލިބިފައި ނުވުމެވެ. މިދިޔަ އަހަރު ކޮޕާ އެމެރިކާ އަށް ފަހު، ބާސާއިން ވަނީ މެސީ އަށް ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް، އޭރު މެސީ ކޮންޓްރެކްޓަށް އެއްބަސް ވެފައެއް ނުވެ އެވެ. އަނެއްކޮޅުން ޗައިނާގެ ކުލަބަކުން އޮތީ މެސީ އަށް 50 މިލިއަން ޔޫރޮ ހުށަހެޅުމަށް ތައްޔާރަށެވެ.

ނަމަވެސް މެސީ ހަމަ އެކަނި ބޭނުންވަނީ ފައިސާ އެއް ނޫނެވެ. އެހެން ކަންކަންވެސް ބާސާ އަށް، އޭނާ ހުށަހަޅަ އެވެ. ބާސާގެ ކުރީގެ ބައެއް ކުޅުންތެރިން ބުނާ ގޮތުގައި މެސީ ހުރީ ބާސާގައި ހިތްހަމަ ޖެހިގެން ނެވެ. މެސީގެ ދަރިފުޅު ބާސެލޯނާގެ ގެ ސްކޫލަކަށް ވައްދާފައިވާއިރު، އޭނާގެ ލޯބިވެރިޔާ ވެސް ބާސެލޯނާގައި ދިރިއުޅެނީ ހިތް ހަމަ ޖެހިގެން ކަމަށް ބުނެ އެވެ.

ނަމަވެސް، މެސީ އޭނާގެ ދިރިއުޅުން އޭނާ އުފަން ރަށް އާޖެންޓީނާގެ ރޮސާރިއޯ އަށް ބަދަލުވާން ބޭނުން ވެއެވެ. މެސީ ގަބޫލު ކުރާ ގޮތުގައި އޭނާ އަށް ހަގީގީ ދިރިއުޅުމެއް ލިބެން އޮތީ އާއިލާއާއެކު ރޮސާރިއޯ އަށް ބަދަލު ވެގެނެވެ.