ހަބަރު

މަޖީދިއްޔާ ސްކޫލުގައި ފަޔާ ޑްރިލް އެއް ބާއްވައިފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މަޖީދިއްޔާ ސްކޫލުގައި ފަޔާ ޑްރިލް އެއް ބާއްވައިފި އެވެ.

މި ފަޔާ ޑްރިލް އަކީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ގުޅިގެން ކުރަމުން އަންނަ ސިލްސިލާ މަސައްކަތުގެ ދަށުން ހިންގި ޕްރޮގުރާމެކެވެ. އެގޮތުން މަޖީދިއްޔާ ސްކޫލްގައި މިއަދު ހެނދުނު ދަންފަޅީގައި ވަނީ ފަޔާ ޑްރިލް އެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މެންދުރުފަހު ފަހުގެ ދަންފަޅީގައި ވެސް ފަޔާ ޑްރިލް އެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު މަޖީދިއްޔާ ސްކޫލުގައި ބޭއްވުނު ޑްރިލް ގެ އިތުރުން މިއަހަރު އަމީނިއްޔާ ސްކޫލް، ހުޅުމާލޭ ގާޒީ ސްކޫލް، އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލް، އަރަބިއްޔާ ސްކޫލް، ހިރާ ސްކޫލް، އަދި މުހްޔިއްދީން ސްކޫލްގައިވެސް ވަނީ މި ޕްރޮގްރާމް ބާއްވާފައެވެ.

މި މަސައްކަތުގެ ދަށުން މިދިޔަ އަހަރު މާލެ އާއި އަތޮޅުތެރޭގެ 24 ސްކޫލެއްގައި ފަޔާ ޑްރިލްތައް ބޭއްވި ދަރިވަރުންނާއި މުވައްޒަފުން ވަނީ ތަމްރީނުކުރެވިފައެވެ.