ބޮލީވުޑް

ސަލްމާން އާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: ސަންޖޭ

Mar 7, 2017

މަޝްހޫރު ދެތަރިން ކަމަށްވާ ސަލްމާން ޚާން އާއި ސަންޖޭ ދަތަކީ އެ ދެތަރިން ފިލްމީ ދާއިރާ އަށް ނިކުތް ދުވަހުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

ގާތް ދެ އެކުވެރިންގެ ގޮތުގައި ތިބި މިދެތަރިންގެ ޒަމާންވީ އެކުވެރިކަން ނިމުނީ ކޮން ގޮތަކަށް ކަން އަދި މިހާތަނަށް ވެސް ހާމަކޮށްފައިނުވާއިރު، ސަންޖޭ ޖަލުން މިނިވަންވިތާ އަހަރަކަށް ވުރެން ގިނަ ދުވަސްވީއުރި، މިދެތަރިން އެކަކު އަނެކަކާ މިހާތަނަށް ވެސް ބައްދަލުކޮށްފައެއް ނުވެ އެވެ.

ބުނެވޭ ގޮތުގައި ސަންޖޭ އާއި ސަލްމާންގެ މެދުގައި ފިނި ހަނގުރާމައެއް ފެށިފައި ވަނީ ސަލްމާންގެ މެނޭޖަރު ރޭޝްމާ ޝެޓީގެ ސަބަބުންނެވެ. ސަންޖޭ އަށް ރަނގަޅު ފިލްމުތަކުން ރޯލުތައް ހޯދުމަށް ސަލްމާން ރޭޝްމާއާ ހަވާލުކުރިއިރު، އޭނާ ފިލްމު ކުޅެދޭ އަގު ރޭޝްމާ އެއްވެސް އެންގުމަކާ ނުލައި ބޮޑުކުރުމުން ގިނަ ފިލްމުތަކަކުން ލިބުނު ފުރުސަތު ސަންޖޭ އަށް ވަނީ ގެއްލިފަ އެވެ. މިކަމާ ގުޅިގެން ސަންޖޭ ރޭޝްމާއާ ވާހަކަދެއްކުން ސަލްމާން ހިތްހަމަނުޖެހުނީ އެވެ. އޭގެފަހުން ސަންޖޭ ޖަލުން މިނިވަންވުމުން ވެސް ސަލްމާން އޭނާ އާ ބައްދަލުނުކުރާއިރު،

ސަންޖޭ ޖަލުން މިނިވަންވީ ފަހުން އޭނާގެ ގާތް ބޮލީވުޑްގެ ފަރާތްތަކަށް ޕާޓީއެއް ބާއްވާފައިވާއިރު އެ ޕާޓީއިން ވެސް ސަލްމާން ނުދެ އެވެ. އަދި ފަހުން ސަންޖޭ ވަނީ ސަލްމާން އަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ބުނެފަ އެވެ. ސަންޖޭ ސަލްމާނާ ގުޅޭގޮތުން ކުރި މި ކޮމެންޓާ ގުޅިގެން މިދެތަރިންގެ ގުޅުން އިތުރަށް ގޯސްވީ އެވެ.

މިހާރު ސަންޖޭ ކުޅެމުން އަންނަ ފިލްމު "ބޫމީ" ގެ ޝޫޓިން ހުއްޓުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ސަންޖޭ ވަނީ އޭނާ އާއި ސަލްމާނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އޭނާ ސަލްމާން ގުޅޭގޮތުން އޭނާ އަކީ އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ބުނެވުމަކީ ގޯސްކޮށް ބުނި އެއްޗެއް ނޫން ކަމަށެވެ.

" އަމިއްލަ އެދުން އިސްކުރުމަކީ މައްސަލައެއް ނޫން. އެއީ އަހަރެން ހަމައެކަނި އަހަރެން ބުނެލި އެއްޗެއް. ރަނގަޅު ގޮތުގައި ވެސް އަމިއްލަ އެދިން އިސްކުރެވިދާނެ" ސަންޖޭ ބުނެފައިވެ އެވެ.

ސަލްމާންއާ މިހާތަނަށް މައްސަލަ ޖެހުނު އެއްވެސް ތަރިއެއްގެ ފިލްމީ ކެރިއަރު ކޮޅަށް ޖެހިފައެއްނުވެ އެވެ.

ސަންޖޭ އެނބުރި ބޮލީވުޑަށް އަންނަ ފިލްމު "ބޫމީ" ގެ ޝޫޓިން ފެށިގެން ކުރިއަށްދާއިރު، އޭނާގެ ހަޔާތުގެ މައްޗަށް އަންނަނީ ފިލްމެއް އުފައްދަމުންނެވެ. އެ ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރެވެ.