ކުޅިވަރު

އެޗްޑީސީ ފުޓްސަލް ކަޕްގެ ގަދަ 16 ފަށައިފި

Mar 7, 2017

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ހައުސިން ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފުޓްސަލް ކަޕް ގަދަ 16 އިގެ މެޗުތައް މިއަދު ފަށައިފި އެވެ.

ސަތޭކަ އަށް ޓީމު ވާދަ ކުރި، މުބާރާތުގެ އެލިމިނޭޝަންތަކާއެކު 16 ޓީމުގެ ކުރިމަތިލުމަކަށް ވީއރު، އެޗްޑީސީއިން ވަނީ ފުރަތަމަ ބުރުން ފެށިގެން ދެ ވަނަ ބުރާއި ތިން ވަނަ ބުރުގެ އެންމެ ވަރުގަދަ ޓީމަށް، ރަނގަޅު ބޯނަަހެއް ދީފައެވެ.

އެ ބޯނަހަކީ، އެ ޓީމަށް، ކްއާޓާ ފައިނަލުގެ ޑައިރެކްޓް ޖާގަ ލިބިގެން އެޗްޑީސީ އެންމެ ރަނގަޅު ޓީމު ކަނޑައަޅާނީ، މުބާރާތުގެ އެންމެ ނަތީޖާ ރަނގަޅު ޓީމަށެވެ. އަދި މެޗުގައި ޓީމު ވޯކް ފެނިގެން ދިޔުމުގެ އިތުރަށް، އެންމެ ގިނަ ލަނޑު ޖެހި ޓީމަށެވެ.

އެއީ މުބާާރާތް ފޯރިގަދަ ކުރަން، ހުޅުވާލި ފުރުސަތެކެވެ. އެހެންވެ އެޓީމަށް ކްއާޓާ ފައިނަލުގެ ކުރިން ކަޓައިގެން ހިނގައިދާނެ ކަމުގެ ބިރެއް ނެތެވެ.

ގަދަ 16 އިން މޮޅުވާ އަށް ޓީމުގެ ކްއާޓާ ފައިނަލު މެޗް ތައް މާދަމާ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސެމީފައިނަލު މެޗުތައް އަންނަ ބުރާސްފަތި ދުވަހު އޮންނާނެ އެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު، މުބާރާތުގެ ފައިނަލު މެޗް އޮންނާނީ ހުކުރު ދުވަހު އެވެ.