ހަބަރު

ގެއްލުނު މީހާގެ ފީނި ސަރަހަދުން ޖެކެޓަކާއި ވައި ފުޅިއެއް ފެނިއްޖެ

ފުވައްމުލަކު ސިޓީ ކައިރިން ޑައިވިން ކުރަން ފައިބައިގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފީނަން އުޅުނު ސަރަހަދުން ޑައިވިން ކުރަން ބޭނުން ކުރާ ޖެކެޓަކާއި ވައި ފުޅިއެއް އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

މިތަކެތި ފެނިފައިވަނީ ފުއަމުލަކު "ދަނޑިމަގު ފަންނު" އާއި ގާތްގަނޑަކަށް 150 މޭލު ދުރުން ދަތުރު ކުރަމުން ދިޔަ "އުފާ' ނަމަކަށް ކިޔާ މަސްދޯންޏަކަށެވެ. އެ ތަކެތި ފެނިފައިވަނީ މިއަދު ހެނދުނު 7:50 އެހާކަންހާއިރު ކަމަށާއި އެ ދޯނިން އެތަކެތި ނަގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހަވާލުކޮއްފައިވާކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ.

މިދިއަ އާދިއްތަ ދުވަހުން ފެށިގެން ހޯދަމުން އަންނަ 45 އަހަރުގެ އެ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ފުޅާ ކޮއްފައިވީ ނަމަވެސް އޭނާގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައެއް ނުވެއެވެ.