ބޮލީވުޑް

އާމިރާ ގައިގޯޅި ނުވާން ވެގެން ފާތިމާ ބޮޑު ފިލްމެއް ދޫކޮށްލީތަ؟

Mar 10, 2017
1

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖް ފިލްމްސް އިން އުފައްދަން ނިންމާފައިވާ "ތަގްސް އޮފް ހިންދުސްތާން" އަކީ ބޮލީވުޑްގެ އެންމެ ބޮޑު ދެ ތަރިން ކަމަށްވާ މެގަސްޓާ އަމީތާބް ބައްޗަން އާއި ސުޕަސްޓާ އާމިރް ޚާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ނިކުތް އާމިރްގެ "ޑަންގާލް" ގައި ބަތަލާ ފާތިމާ ސަނާ ޝޭޚް އެ ފިލްމުގައި ދެއްކި މޮޅު އެކްޓިންއިން ވަނީ ބެލުންތެރިންނާއި ފިލްމު ކްރިޓިކްސް ހައިރާން ކޮށްލާފަ އެވެ. އެ ފިލްމަށް ފަހު ބޮޑު ފިލްމެއްގެ ބަތަލާގެ ރޯލު ކުޅެން ފާތިމާ އަށް ހުށަހެޅުން ލިބިފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. އެގޮތުން "ތަގްސް އޮފް ހިންދޮސްތާން" ގެ ބަތަލާގެ ރޯލު ފާތިމާ އަށް ހުށަހެޅި ކަމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް މި ފިލްމުގެ ޕްރޮޑިއުސަރު ކަމަށްވާ އަދިތްޔަ ޗޯޕްޅާ، މި ފިލްމުގެ ބަތަލާގެ ރޯލު ފާތިމާ އަށް ދޭކަށް ބޭނުމެއްނުވެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އުންމީދީ މި ފިލްމުން ފާތިމާ އަށް ހުށަހެޅި ރޯލުން އޭނާ ވަނީ ބޭރުކޮށްލާފައިވަނީ އަދިތްޔަ އެވެ. ސަބަބެއް ކަމަށްވަނީ މި ފިލްމުގައި އާމިރް އާއެކު އޭނާ ގައިގޯޅި މަންޒަރުތަކެއް ކުޅެން ދެކޮޅު ހެދުމެވެ.

އަދިތްޔަ ވަނީ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާ ތަރިއަކާއި އާމިރް ދެމެދުގައި ލޯބީގެ ގުޅުމެއް ބޭއްވުން މުހިންމު ކަމެއް ފެންނާތީ އެ ދެ ރޯލު ކުޅޭ އެކްޓަރުންގެ މެދުގައި ލޯބީގެ މަންޒަރުތަކެއް ހިމެނުމަށެވެ.

"ޑަންގާލް" ގައި ފާތިމާ ފެނިގެން ގޮސްފައިވަނީ އާމިރް އަންހެން ދަރިފުޅުގެ ރޯލުންނެވެ. އޭނާ އާމިރް އާއެކު ގައިގޯޅި މަންޒަރު ކުޅެން ދެކޮޅު ހެދީ އެ ފިލްމުގައި އާމިރް އޭނަގެ ބައްޕަގެ ރޯލު ކުޅެފައިވާތީ އެވެ.

"ތަގްސް އިފް ހިންދޯސްތާން" ގެ ބަތަލާގެ ރޯލަށް ފާތިމާ ގެންނަން އަދިތްޔަ އެއްބަސްކުރެވޭތޯ އާމިރް ވަރަށް މަސައްކަތްކުރި ކަމަށް ހަބަރުތައް ބުނެ އެވެ.

އަށް އަހަރުފަހުން އަދިތްޔަ ޑައިރެކްޓްކުރި ޒަމާނީ ލޯބީގެ ފިލްމު "ބޭފިކްރޭ" މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރިއިރު އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި އުފެއްދި އެންމެ ގައިގޯޅި މަންޒަރުތައް ގިނަ ފިލްމެވެ.