ކުޅިވަރު

މާއްޓޭ ހޯދައިދިން ކޯޗިންގް ފުރުސަތަކަށް ސޮބާ ބާސާއަށް

Mar 12, 2017
1

ވިކްޓަރީގެ ކުރީގެ ކޯޗް، މައުރޫފް އަހްމަދު (މާއްޓޭ) ތަނަވަސްކޮށްދިން ކޯޗިންގް ޓްރެއިނިން ޕްރޮގްރާމްގެ ފުރުސަތަކަށް، ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބާސެލޯނާ އަށް ހިނގައްޖެ އެވެ.

ސޮބާ، ތަމްރީން ހަދާނީ، ބާސެލޯނާގައި ހުންނަ ޓޯވާ އިންސްޓްޓިޔުޓްގަ އެވެ. ޓޯވާ އެކެޑެމީ އަކީ ބާސެލޯނާގެ ފުޓްބޯޅަ ލެޖެންޑް، ޔޯހާން ކްރައިފްގެ ދަނބި ދަރިއެއް ހިންގާ ސެންޓަރެކެވެ. އަދި އޭނާ އަކީ، ބާސެލޯނާގެ ޔޯހާން ކަރައިފް އިންސްޓްޓިޔުޓްގެ އެއް ފައުންޑަރު ވެސްމެ އެވެ.

މާއްޓޭ ވަނީ، ކްރައިފް އިންސްޓްޓިޔުޓުން، ދެ މާސްޓާސް ޑިގްރީ ހާސިލު ކޮށްފަ އެވެ. އެއީ ސްޕޯޓްސް މާކެޓިންގް އާއި ސްޕޯޓްސް މެނޭޖްމެންޓުންނެވެ.

"ސޮބާ އަކީ ކެރޭ ޒުވާން ކޯޗެއް، އަދި ކޯޗިންގައި ނަގަންޖެހޭ ރިސްކް ނަގަން ކެރޭ ކުއްޖެއް، އަޅުގަނޑު ވާނީ، ސޮބާ ދިޔަ ކަން ޔޯހާން ކްރައިފް އިންސްޓްޓިޔުޓަށްވެސް އަންގާފަ، އެ އިންސްޓިޔުޓަށްވެސް ސޮބާ ދާނެ،" މާއްޓޭ ބުންޏެވެ.

"އޭޝިޔާއިން ފުރުސަތުތައް ހޯދަން ނޫޅެ، ފުޓްބޯޅައިގައި އަޅުގަނޑުމެންގެ ވިސްނުން ދާންވީ ޔޫރަޕަށް، ފުޓްބޯޅައިގެ ހުނަރާއި މެނޭޖްމެންޓް ސްކިލްސް އޮތް ތަނަކީ އެއީ، އިންޑިއާއިން ވެސް މިހާރު ޓެކްނިކަލް ހުރިހާ އެހީތެރިކަމެއް ހޯދަނީ ޔޫރަޕުން،" މާއްޓޭ ބުންޏެވެ.

ބާސެލޯނާ އަށް ސޮބާ ދިއުމުގެ ހަރަދުތައް ގްރީން ސްޓްރީޓުން ހަމަޖެއްސުމުން، މާއްޓޭ ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

"ގްރީން ސްޓްރީޓުން ބުނެފައި އެބައޮތް ޓޯވާ އެކޭޑެމީއާ ގުޅުން ބަދަހި ކުރަން ބޭނުންވާ ވާހަކަ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެއީ މިހާރު ފުޓްބޯޅައިގެ ވިސްނުމަކީ، އެކުލަބުން ނެގި އެއިސްނެގުން ވަރަށް ބޮޑަށް ފާހަގަ ކުރަން." މާއްޓޭ ބުންޏެވެ.

ޓޯވާ އެކޭޑެމީގައި، ސޮބާ ކިޔަވާނީ، ކްރައިފްގެ ޓޯޓަލް ފުޓްބޯޅަ ސިސްޓަމެވެ. ޓޯވާ އެކޭޑެމީ އަށް ސޮބާ ދިޔައީ، ޕްރެކްޓިކަލް ބަޔަށެވެ. އޭނާ ވަނީ ވޭތުވެދިޔަ އެއްމަސް ތެރޭ އޮންލައިން ކޮށް ކޯޗިންގްގެ ތިއަރީ މޮޑެލްތައް ކިޔަވާފަ އެވެ.