ކުޅިވަރު

ނިއުގެ ހުރިހާ ޑިޕާޓްމެންޓެއްވެސް ވަރަށް ފުރިހަމަ

Mar 13, 2017

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ، އެޓޭކިން ލައިނަށް، އެންމެންގެ ތައުރީފް އެބައޮތެވެ. މާލޭ، ލީގްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެޓޭކިން ލައިނެއް އޮތީ ނިއު ގަ އެވެ. މިދިޔަ ސީޒަންގެ އެންމެ ގިނަ، ލަނޑު ޖެހި ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އިތުރުން، ބިދޭސީ ކުޅުންތެރިޔާ ގެލާޑޯ އާއި ހަމްޒާ މުހައްމަދު (ހަމްޕް) އާ އެކު ނިއުގެ އެޓޭކިން ލައިނުން، ދައްކަމުންދާ ޕަފޯމަންސަށް 100 މާކްސް ދޭން ޖެހެ އެވެ.

ނަމަވެސް ނިއުގެ ކޯޗް ޕޯޗުގަލްގެ ބެނާޑޯ ޓެވަރޭސް ގަބޫލު ކުރާ ގޮތުގައި، ނިއުގެ އެޓޭކިން ލައިނާ އެއް ވަރަށް އެހެން ހުރިހާ ޑިޕާޓްމެންޓްތަކަށް، އޭނާގެ އިތުބާރު އެބައޮތެވެ. ހަމަ އެކަނި، ޓީމުގެ ކޮމްބިނޭޝަން ޑިޕާޓްމެންޓްތަކެއް ނޫނެވެ. ކޯޗުން ފެށިގެން، ކިޓް މެނޭޖަރާ ހަމަޔަށް، ނިއުގެ ނަތީޖާ ތަކުގައި ޝާމިލުވެ އެވެ.

"ފޯވަޑް ލައިނުން ފެށިގެން، މިޑްފީލްޑާ ޑިފެންސް ލައިން އަދި ގޯލް ކީޕިން ޑިޕާޓްމަންޓަށް އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް، ކީޕަރު އިމްރާން ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން، އޭނާ އަކީ މޮޅު ކީޕަރެއްގެ އިތުރުން ދަނޑުން ބޭރުގައި ވެސް އޭނާ އަކީ ލީޑަރެއް،" ޓެވަރޭސް ބުންޏެވެ.

"އަހަރެމެން މޮޅުވިޔަސް، މޮޅު ވާނީ ޓީމެއްގެ ގޮތުގައި، ބަލިވިޔަސް ބަލިވާނީ ޓީމެއްގެ ގޮތުގައި، އެއްވަރުވިޔަސް އެއްވަރުވާނީ ޓީމެއްގެ ގޮތުގައި ގޯލް ކީޕަރުން ފެށިގެން ސެންޓޭ އާއި ކޯޗާއި ކިޓް މެނޭޖަރަށް ދާންދެން މުޅި ޓީމު އެކަމުގައި ޝާމިލުވާނެ،"

މާދަމާ ރޭ ނިއުރޭޑިއަންޓް ނިކުންނާނީ، ވެލެންސިއާ ދެކޮޅަށެވެ. އޭނާ ބުނީ ޓީމެއްގެ ގޮތުގައި ވެލެންސިއާ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި އެ ޓީމުގައި ވަކިވަކި ކުޅުންތެރިންގެ ތެރޭގައިވެސް ހުނަރުވެރި ކުޅުންތެރިން ތަކެއް އެބަތިބި ކަމަށް ޓެވަރޭސް ބުންޏެވެ.

"އެޓީމުގެ މައްސަލަ އަކަށް ވެދާނެ ލިބޭ ފުރުސަތު ތައް ބޭނުން ނުކުރެވުން، ނަމަވެސް ޓީމެއްގެ ގޮތުގައި އެޓީމު ވަރަށް ވަރުގަދަ،" ޓެވަރޭސް ބުންޏެވެ.