ކުޅިވަރު

ތަފާތުތަކާ އެކު މިސްޓަ މޯލްޑިވްސް ޖުލައި 14 ގައި

Mar 13, 2017

ރާއްޖޭގެ ބޮޑީ ބިލްޑިން ފެޑްރޭޝަން (ބީބީއެފްއެމް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މިސްޓަ މޯލްޑިވްސްގެ މިއަހަރުގެ މުބާރާތް ޖުލައި މަހު 14 ގައި ބާއްވަން އިއުލާން ކޮށްފި އެވެ.

މިސްޓާ މޯލްޑިވްސްގެ އިވެންޓް، މިއަހަރުވެސް އިންތިޒާމް ކުރަނީ، 'ޗޮޕްއާޓުން' ނެވެ.

މިސްޓަ މޯލްޑިވްސްގެ ޕާޓްނަރުންނާއެކު ސޮއި ކުރުމަށް، ބޭއްވި ރަސްމިއްޔަތަށް ފަހު، މީޑިއާ ވާހަކަ ދައްކަމުން، ޗޮޕްއާޓްގެ ޑައިރެކްޓާ މިހްސޯ އަބްދު ސައްތާރު ވިދާޅުވީ، މިއަހަރުގެ މުބާރާތަކީ ބޯޑީ ބިލްޑިން އަށް ސަމާލުކަން ދިނުމުގެ އިތުރަށް، ފިރިހެނުންގެ ލައިފް ސްޓައިލަށް ވެސް ސަމާލުކަން ދީގެން ކުރިއަށް ގެންދާނެ މުބާރާތެއް ކަމަށެވެ.

ލައިފް ސްޓައިލަށް އަމާޒު ކޮށްގެން ކުރިއަށްގެންދާއިރު، އޭގެ ތަފްސީލްތައް، "މިސްޓަ މޯލްޑިވްސް 2017" ފޭސްބުކް ޕޭޖް މެދުވެރިކޮށް އިއުލާން ކުރަމުން ގެންދާނެ ކަމަށް މިހްސޯ ވިދާޅުވި އެވެ. މިއަހަރުވެސް މެއިން ދެ ކެޓަގަރީ ހިމެނެ އެވެ. އެއީ ބޮޑީ ބިލްޑިންގެ އާއި ފިޒިކް އެވެ. އެއިން ކޮންމެ ކޮންމެ ކެޓަގަރީ އެއްގައި ވެސް ހިމެނޭނީ ތިން ކެޓަގަރީ އެވެ.

އަނާ ވިދާޅުވީ، ފިޒިކް ކެޓަގަރީގެ ބޭނުމަކީ މިޑްލް ލެވަލްގެ ހަށިގަނޑު ހުންނަ ފަރާތްތަކަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

އޭނާ ވިދާލުވީ، މިހާ އަވަހަށް މުބާރާތް އިއުލާން ކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ، އެހާހިސާބަށް ދާންވާއިރަށް ހަށިގަނޑު ތައްޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މިސްޓަ މޯލްޑިވްސް އިވެންޓުން، ފާހަގަ ކުރެވޭ ފަރާތްކަށް މިއަހަރު އޮންނަ ބައިނަލްއަގްވާމީ ދެ މުބަރާތެއްގައި، ވާދަ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް، ބީބީއެފްއެމްގެ ޖެނަރަލް ސެކެޓްރީ އަލީ ޝަރީފް (އައްޔަ) ވިދާޅުވި އެވެ.

މުބާރާތުގެ ވާދަ ކުރުމަށް ފޯމް، މިރެއިން ފެށިގެން، އެފްބީ ޕޭޖުން ޑައުންލޯޑް ކުރެވޭނެ އެވެ. ބައިވެރިވާން ހުށަހަޅާ، އެންމެ ފުރަތަމަ 10 ފަރާތުގެ ލައިފް ސްޓައިލް އާއި މުބާރަތަށް ވާ ތައްޔާރީތަކަށް ރާއްޖެ ޓީވީ މެދުވެރިކޮށް، ގެނެސްދޭ ކައުންޓްޑައުން ޝޯ ތަކުގައި ގެނެސްދޭނެ ކަމަށް، އައްޔަ ވިދާޅުވި އެވެ.