ކުޅިވަރު

މިސްޓަ މޯލްޑިވްސްގެ އޮންލައިން ޕާޓްނަރަކަށް މިފަހަރު ވެސް "އަވަސް"

Mar 13, 2017

ރާއްޖޭގެ ބޮޑީބިލްޑް ފެޑްރޭޝަނުން ކޮންމެ އަހަރަކު ބައްވަމުން އަންނަ، މިސްޓަ މޯލްޑިވްސް، ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް 'އަވަސް އޮންލައިން' ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މިސްޓަ މޯލްޑިވްސް، އިއުލަން ކުރުމާއި، ޕަޓްނަރުންނާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އޮންލައިން މީޑިއާ ޕަޓްނަރެއްގެ ގޮތުގައި އަވަސްގެ ފަރާތުން ސޮއި ކުރެއްވީ 'އަވަސް'ގެ ހެޑް އޮފް މާކެޓިން އާމިނަތު މުހައްމަދެވެ.

މިސްޓަ މޯލްޑިވްސްގެ އިވެންޓް ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން، ސޮއި ކުރީ، ޗޮޕްއާޓްގެ މެނޭޖިން ޑިރެކްޓާ މިހްސޯ އަބްދު ސައްތާރެވެ.

މިސްޓަ މޯލްޑިވްސް، މިދިޔަ އަހަރު މުބާރާތުގެ އޮންލައިން ޕާޓްނަރަކީ 'އަވަސް' އެވެ. މިއަހަރުގެ މިސްޓަ މޯލްޑިވްސް، އޮންނާނީ ޖުލައި މަހު 14 ވަނަ ދުވހު އެވެ. މިސްޓަ މޯލްޑިވްސްއަށް ޗޮޕާޓުންނާއި އަދި މުބާރަތުގައި ބައިވެރިވާ ޖިމްތަކާއި އެތުލީޓުން ވާ ތައްޔާރީ ތަކުގެ ޚަބަރު ތަކާއި ރިޕޯޓްތައް މިފަހަރުވެސް އަވަސް އޮންލައިން އިން ގެނެސްްދޭނެ އެވެ.