ލައިފްސްޓައިލް

ސްވައިން ފްލޫގެ އަސްލަކީ ކޮބާ؟

ސްވައިން ފްލޫ އަކީ އޫރުގެ ނޭވާލުމުގެ ނިޒާމަށް ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އާދައިގެ ގޮތުގައި އިންސާނުން ނަކަށް ނުޖެހެއެވެ. އިންސާނުންގެ ހަށިގަނޑުން މިބަލި ފުރަތަމަ ފެނިފައިވަނީ 2009 ވަނަ އަހަރު ފަހުކޮޅު އެމެރިކާގެ ޓެކްސަސް އަދި ކެލިފޯނިއާގެ ދެ މީހުން ގައިންނެވެ.

މި ބައްޔަށް ސްވައިން ފްލޫ ގެ ނަން ދެވުނީ އެޗް 1 އެން 1 ވައިރަސް ގެ ލެބޯޓްރީ ޓެސްޓެ ތަކުން އާންމު ގޮތެެއްގައި އޫރަށް ޖެހޭ އިންފްލުއެންޒާ ވައިރަސް އާއި އެއްގޮތް ކަމެއް ހުރެގެނެވެ.

އިންސާނުންނަށް މި ބަލި ޖެހެނީ ވައިރަސް ގެ އަސަރުކޮށްފައިވާ އޫރެއްގެ ގައިގަ ސީދާ ގޮތެއްގައި އަތްލެވިގެނެވެ. މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. އެގޮތުން ވައިރަސްގެ އަސަރު ކޮށްފައިވާ މީހާގެ ފަރާތުން އެ ވައިރަސް އަސަރު އެހެން މީހުންނަށް ކޮށް ފުޅާ ދާއިރާ އެއްގަ އެ ބަލި ފެތުރިގަނެ އެވެ.

އޫރު މަސް ކެއުމަކުން މި ބައްޔެއް ނުޖެހޭނެ އެވެ. އެއީ ކައްކާ އިރު 71 ޑިގްރީ ސެލްސިއަސް އަށް ހޫނުވެ، ވައިރަސް ތައް މަރުވާތީ އެވެ.

ދޫނިސޫފާސޫފީ ގެ އިންފްލުއެންޒާ ވައިރަސް އާއި އޫރުގެ އިންފްލުއެންޒާ ވައިރަސް މައްސުނިވެ "ކްލެސިކް ސްވައިން ފްލޫ" ވައިރަސް އެއް އުފެދުނެވެ. މި ވައިރަސް ފެންނަން ފެށީ އެމެރިކާގެ އޫރުން ނެވެ. އެމެރިކާގެ އޫރާއި ޔުރޭޝިއާ (ޔޫރަޕް އާއި އޭޝިއާ) އޫރު ގެ އިންފްލުއެންޒާ ވައިރަސް މައްސުނިވެ މިހާރުގެ އިންސާނީ ބޮޑު ބަލިމަޑުކަމަށްވާ ސްވައިން ފްލޫ އުފެދުނީ އެވެ.

މި ފަދަ ބަލިމަޑު ކަމަކުން އިބުރަތް ހޯދާ ކުރިއަށް އޮތް ދުވަސް ތަކުގައި އޫރާއި އެހެނިހެން ޖަނަވާރުންގެ އިންފްލުއެންޒާ ވައިރަސް ތައް މޮނީޓާ ކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.