ހަބަރު

މާބަނޑު މީހުންނަށް ފްލޫ ވެކްސިން ޖަހަން ފަށައިފި

އިންފްލްއެންޒާ ނޫނީ އެޗް1އެން1 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އައިޖީއެމްއެޗުން މިއަދު ފަށައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ މާބަނޑު މީހުންނަށް ވެކްސިން ދޭން ފެށީ އެބަލި މާބަނޑު މީހުންނަށް ޖެހުމުން އޭގެ ނުރައްކާ ބޮޑުވާނެތީ، އެޗްޕީއޭއިން އެގޮތަށް ލަފާ ދިނުމުން ކަމަށެވެ.

އެ ވެކްސިން އާސަންދައިން ކަވާއެެއް ނުކުރެ އެވެ. ވެކްސިންގެ އަގަކީ 130 ރުފިޔާ އެވެ. ވެކްސިން ޖަހަން ބޭނުންވާ މާބަނޑު މީހުން ހެނދުނު 8:00 އިން ރޭގަނޑު 6:00 އަށް އައިޑީކާޑް ހިފައިގެން އައިޖީއެމްއެޗަށް ދިއުމުން ވެކްސިން ޖަހައިދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިހާރުވެސް މާބަނޑު އަންހެނަކަށް މި ބަލި ޖެހިގެން އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެޗް1އެން1 ފެތުރޭތީ އައިޖީއެމްއެޗުން ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުން މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. އަދި 51 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.