ފެން ބޮޑުވުން

ބޯކޮށް ވާރޭވެހި އިސްދޫގައި ފެން ބޮޑުވެއްޖެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ލ. އިސްދޫގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިސްދޫ ކައުންސިލް އދާރާގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ހަމީދު ވިދާޅުވީ މިއަދު ހެނދުނުއްސުރެ ހުއްޓުމެއް ނެތި ވާރެ ވެހި ފެން ބޮޑުވެފައިވާ ކަމަށާއި އޭގެ ސަބަބުން ބައެއް ގޭގެޔަށް ފެން ވަދެެ، އެގޭގޭ ގެ ހިފާ ގެނގުޅޭ ތަކެއްޗަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ދަނޑުވެރިކަން ކުރާ އެރަށުގެ ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ފެން ބޮޑުވެފައިވާތީ އިސްދޫގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.