ރައީސް އޮފީސް

ރައީސް އޮފީހުގެ ބިއްލޫރީގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބިއްލޫރިގަނޑެއްގައި ގަލަކުން ޖަހައި ބިއްލޫރި ގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.

މިއަދު ދިން އެ ހަމަލާއާ ގުޅިގެން ފުލުހުން ބުނީ ގާ ބުރިއަކުން ޖަހައި ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މިީހަކު މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެ މީހާ އާއި އެ ހާދިސާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

މިއީ ރާއްޖޭގެ އެންމެ ހައިބަތު ބޮޑު އޮފީހަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.