ވަގަށް ނަގާ ސައިކަލުތައް ދެނެގަނެވޭނެ ގޮތްތަކެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އާއި ސައިކަލް ވިއްކާ ކުންފުނިތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ހުސައިން އާދަމް ބިލްޑިންގްގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ސައިކަލް ވިއްކުމުގެ ކުރިން ސައިކަލްގައި ލޮކޭޝަން އެނގޭ ޑިވައިސްއެއް ހަރުކުމާއި، އަދި ސައިކަލް ވިއްކުމާއި ސައިކަލް ގަންނައިރު ސައިކަލް އެއްކޮން އިންޝްރެންސް ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވެއެވެ.
އަދި މީގެއިތުރުން ސައިކަލްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކޮމްޕެނީން ބަދަލުކުރާނަމަ ރަސްމީ ލިއުމެއް ހެޑް ސްޓޭމްޕް ޖަހާފައިވާ ކޮންސާން ރިޕޯޓެއް ދޫކުރުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
މިބައްދަލުވުމުގައި ޖެނަރަލް އިންވެޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނާއި އޭލިއާ އިންވެސްމެންޓް ޕްރައިވެންޓް ލިމިޓެޑްއާއި އޭލިއާ ކޮންސްޓްރަކްޝަން ޕްރައިވެންޓް ލިމިޓެޑްއާއި ބުރަދާސް މޮޓޯ ކޮންޕެނީ ޕްރައިވެންޓް ލިމިޓެޑްއާއި ލިޓަސް މޯލްޑިވްސް ޕްރައިވެންޓް ލިމިޓެޑްއާއި ލިފާން މޯލްޑިވްސް ޕްރައިވެންޓް ލިމިޓެޑްގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
މިދުވަސްވަރަކީ މާލޭގައި ވަރަށް ގިނަ އަދަދަކަށް ސައިކަލާއި ސައިކަލް ގެ ބައިތަށް ވަގަށް ނެގުން އިތުރުވެފައިވާ ދުވަސްވަރެކެވެ.