ރައީސް އޮފީސް

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް ފަސް ދުވަސް

ގަލަކުން ޖަހައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ދިން އެ ހަމަލައާ ގުޅިގެން އިއްޔެގެ މެނދުރުފަހު ހައްޔަރު ކޮށްފައިވާ އުމުރުން 43 އަހަރުގެ ފިރިހެން މީހާގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާ ކަމަށާއި އެ މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

އެމީހާ އެއްލި ގާބުރިން ޖެހި ތަޅައިގެން ގޮސްފައި ވަނީ ރައީސް އޮފީހުގެ ދެކުނު ފަރާތު ކުޑަ ދޮރެއްގެ ބިއްލޫރިގަނޑެވެ. މިއީ ރައީސް އޮފީހަށް އަމާޒުކޮށް މިފަދަ ހަމަލާއެއް އައި ފުރަތަމަ ފަހަރެވެ.